
ޢާއްމު ދަތުރުތަކަށް އެއަޕޯރޓް ބަންދުކުރަނީ ޕޮލިސް ޕޯސްޓާ ހަމައިން
ބަންދުކުރަނީ 26 ވަނަ ދުވަހު 1900-2330 އަށް
ޢާއްމު ދަތުރުތަކަށް އެއަޕޯރޓް ބަންދުކުރަނީ އެއަޕޯޓް މަގަށް އަޅާއިރު ހުންނަ ޕޮލިސް ޕޯސްޓާ ހަމައިން ކަމަށް ފުލުހުން ބުނެފިއެވެ. އެއަޕޯރޓް ޢާއްމު ދަތުރުތަކަށް ބަންދުކުރަނީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށެވެ.
ޢާއްމު ދަތުރުތަކަށް އެއަޕޯޓް ބަންދުކުރަނީ 26 ވަނަ ދުވަހުގެ 19:00 ން 23:30 އަށެވެ. އެއަޕޯރޓް ބަންދުކުރަނީ ޓެކްސީ އާއި ޕްރައިވެޓް ކާރު ތަކަށެވެ. އެހިސާބު ބަންދުކުރަނީ ޓްރެފިކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެމުން ފުލުހުން ވަނީ މިފަދަ ކަންކަމުގައި ޢާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އެއަޕޯރޓްގެ އާ ޓަރމިނަލް ހުޅުވުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.
ރިއެކްޝަންސް






