އިންޑިޔާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ޑިފެންސް ބިލްޑިންގ ހުޅުވައިފި
ޑިފެންސް ބިލްޑިންގ ހުޅުއްވައިދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

އިންޑިޔާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ޑިފެންސް ބިލްޑިންގ ހުޅުވައިފި

އިމާރާތުގެ ނަމަކީ ދޮށިމޭނާ ބިލްޑިންގ

9 months ago - 22:51
Jul 25, 2025 - 22:51
Advertisement
Advertisement

އިންޑިޔާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ޑިފެންސް ބިލްޑިންގ ހުޅުވައިފިއެވެ. ޑިފެންސް ބިލްޑިންގ ހުޅުއްވައިދެއްވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

ކުރިން ކޯސްޓްގާޑް ބިލްޑިންގ ހިންގި އިމާރާތުގައި މުޅިން އަލަށް އިމާރާތްކުރި ޑިފެންސް ބިލްޑިންގަށް ދީފައިވަނީ ދޮށިމޭނާ ބިލްޑިންގ އެވެ. މިއީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރި ތަނެކެވެ. ޑިފެންސް މިނިސްޓްރީ ދެން ހިންގާނީ މިއިމާރާތުގައެވެ. މީގެއިތުރުން ކޯސްޓްގާޑްގެ ބޭނުންތަކަށްވެސް ބޭނުންކުރާނީ މިއިމާރާތެވެ.

އިމާރާތް ހުޅުއްވައިދެއްވުމަށްފަހު މޯދީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއް ކަމަށެވެ.

10 ބުރީގެ މިއިމާރާތުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުއެވެ. އެކަމަކު ބިންގާ އެޅީ 2014 ވަނަ އަހަރުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement