ނައިވާދޫ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
ނައިވާދޫ ބިން ހިއްކުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-އެމްޓީސީސީ

ނައިވާދޫ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

މަޝްރޫއުގައި ގޮނޑުދޮށް ހިމާޔަތްކުރުންވެސް ހިމެނޭ

8 months ago - 12:25
Aug 25, 2025 - 12:25
Advertisement
Advertisement

ހދ.ނައިވާދޫ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައެވެ.

ބިން ހިއްކަން ހަވާލުކުރީ ގޮނޑުދޮށް ހިމާޔަތްކުރުމާއެކު އެވެ. ނައިވާދޫން ހިއްކަނީ 7 ހެކްޓެރެވެ. އަދި 619 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. 45 މީޓަރު ސަރަހައްދެއްގައި ބޮޑު ހިލައިން ގްރޮއިން ޖެހުންވެސް މަޝްރޫއުގައި ހިމެނެއެވެ. 300 ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 82.64 މިލިއަން ރުފިޔާ އަށެވެ.

އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.ޢަބްދުالله މުއްތަލިބެވެ. އެމްޓީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ, ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަޑް) އަޙުމަދު ސައުދީ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement