މަގު ހަދަން ފަޅު ބަންދުކުރުމުން، ފެރީތައް ކައިރިކުރަން ދެ ސަރަހައްދެއް ހަމަޖައްސައިފި
ޢާއްމުކޮށް ފެރީތައް ކައިރިކުރަނީ އެއް ނަމްބަރު ޖެޓީ ސަރަހައްދަށް: ފޮޓޯ-ޓްރާންސްޕޯޓް މިނިސްޓްރީ

މަގު ހަދަން ފަޅު ބަންދުކުރުމުން، ފެރީތައް ކައިރިކުރަން ދެ ސަރަހައްދެއް ހަމަޖައްސައިފި

7 hours ago - 12:41
Advertisement
Advertisement

މަގު ހަދަން މާލޭގެ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ބަންދުކުރުމުން މާލެ ދަތުރުކުރާ ފެރީތައް ކައިރިކުރަން ދެ ސަރަހައްދެއް ކަނޑައަޅައިފިއެވެ. ފެރީތައް ކައިރިކުރަން ކަނޑައެޅީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ނޯތު ހާބަރުންނާއި ސައުތު ވެސްޓް ހާބަރު (ޓީ-ޖެޓީ) އިންނެވެ.

ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ކުރިން ފެރީ ކައިރި ކުރި ސަރަހައްދުގެ ފަޅު ވަނީ މިހާރު ބަންދުކޮށްފައެވެ.

     ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ކުރިއަށް ގެންދާ ތާރު އެޅުމުގެ މަޝްރޫޢުގެ ސަބަބުން، އެ ސަރަހައްދު ބޭނުންކުރާ އާންމުންނަށް ދަތިކަމެއް ކުރިމަތިނުކުރުމަށްޓަކައި މި އިންތިޒާމް ހަމަޖައްސާފައިވަނީ ސަރުކާރުން ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަލަށް ކަނޑައެޅި ދެ ސަރަހައްދުން ފެރީތަކަށް ހިދުމަތް ދެމުންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Advertisement

މިބަދަލާއެކުވެސް ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށާއި މާލެއަށް ދަތުރުކުރާ އާންމުންނަށް ދަތިތަކެއް ކުރިމަތިނުވެ، މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement