
މި ރެއިން ފެށިގެން މަސްދަޅު ކޭސް ބަހާ ގަޑިތަކަށް ބަދަލު ގެނެސްފި
ރަމަޟާންމަހާ ގުޅިގެން ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމި މަސްދަޅުކޭސް ބަހާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ބުނެފައި ވަނީ މިރެއިން ފެށިގެން މަސްދަޅު ދޫކުރުން ކުރިއަށްގެންދާނީ، 21:30 އިން ފެށިގެން 23:30 އަށެވެ.
މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމަށްވާތީވެ، އެދުވަހު މަސްދަޅުބެހުން ނޯންނާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ނަމަވެސް، މާޗްމަހުގެ ދެވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރެއެއްގެ 21:30 އިން ފެށިގެން 23:30 އަށް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން އެންމެފަހުން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ 15،000 އަށްވުރެ ގިނަ ގޭބިސީއަށް މަސްދަޅުކޭސް ބަހާފައިވެއެވެ. ރޯދަމަހާ ގުޅިގެން ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމި މަސްދަޅުކޭސް، ޓޯކަން މެދުވެރިކޮށް ނެގޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިކަމަށް ހާއްސަ ޕޯޓަލެއް ކަމުގައިވާ https://roadhahadhiya.mv މެދުވެރިކޮށް ކިއު ނަމްބަރު ނެގޭނެއެވެ.
މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
- މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
- އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން
- ހެންވޭރު ދަނޑު: 100 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން
- ސޯޝަލް ސެންޓަރު : 100 ޓޯކަން
- ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން
- ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން
- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން
މަސްދަޅުކޭސް ބަލާ އަންނައިރު އެ އަންނަ ފަރާތެއްގެ އައިޑީކާޑާއި ވޭތުވެދިޔަ ތިން މަސްދުވަހުގެ ކަރަންޓްބިލް ގެންނަންޖެހޭނެ ކަމަށް ވުޒާރާއިން އަންގާފައިވެއެވެ.
ރިއެކްޝަންސް






