
ރެއާލް މޮޅު, އެމްބާޕޭ ދެ ލަނޑު
އާ ކޯޗު ޒަބީ އަލޮންސޯއާ އެކު އާ ސީޒަންގެ ލަލީގާގައި ރެއާލް މެޑްރިޑް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.
ލީގުގައި ރެއާލްގެ ދެވަނަ މެޗު ކާމިޔާބުކުރީ ރެއާލް އޮވިއެޑޯއާ ވާދަކޮށް 3-0 ނެވެ. މެޗުގައި އެމްބާޕޭ ދެ ލަނޑު ޖެހިއެވެ. ތިންވަނަ ލަނޑު ބަދަލަކަށް ނިކުމެ, އިތުރު ވަގުތުގައި ޖެހީ ވިނީޝިއުސް ޖޫނިއަރ އެވެ. އެމްބާޕޭ ރެއާލް އަށް ލީޑް ނަގައިދިނީ ފުރަތަމަ ހާފްގެ ފަހު އަށް މިނިޓްގެ ތެރޭގައި ގުލާ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ދެވަނަ ލަނޑު 87 ވަނަ މިނިޓްގައި ޖެހީ ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ވިނީ ކުޅެން އެރީ 63 ވަނަ މިނިޓްގައި ރޮޑްރީގޯގެ ބަދަލުގައެވެ.
އިންގްލެންޑްގެ ކަނާތު ބެކް އެލެގްޒެންޑަރ އާނޯލްޑްއަށްވެސް ކޯޗު ފުރުޞަތު ދިނީ ފަހު ތިން މިނިޓްއެވެ. ފުރަތަމަ އެގާރައިން ޖާގަ ދިނީ ޑެނީ ކަވާޚަލް އަށެވެ. މިމެޗުގެ ފުރަތަމަ އެގާރައިން ކޯޗު ވަނީ 18 އަހަރުގެ ފްރާންކޯ މަސްޓަންޓުއޮނޯ އަށް ފުރުޞަތު ދީފައެވެ. ދިން ފުރުޞަތުގައި އޭނާ މޮޅަށް ކުޅުނެވެ.
ރެއާލް އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް






