ޗެމްޕިއަންސް ލީގު: 18 އަހަރުގެ އިލެނިކިނާގެ ގޯލާއެކު މޮނާކޯއިން ބާސެލޯނާ ބަލިކޮށްފި
ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗުން 1-2 ން ބަލިވެ, މޮނާކޯގެ އަތްދަށު ވެއްޖެއެވެ. ބުރާސްފަތި ދުވަހު މޮނާކޯގެ ދަނޑުގައި ކުޅުނު މިމެޗުގެ ދިހަވަނަ މިނިޓްގައި ބާސެލޯނާގެ އެރިކް ގާސިއާ ކުރި ފައުލަކާ ގުޅިގެން ސީދާ ރަތްކާޑެއް ދެއްކުމުން މުޅި މެޗުވެސް ބާސާ ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.
ބާސެލޯނާގެ މައްޗަށް ކުރިހޯދި ގޯލް މޮނާކޯއަށް ކާމިޔާބު ކޮށްދިނީ 71 ވަނަ މިނިޓްގައި އެޓީމުގެ ނައިޖީރިއާގެ ފޯވާޑް ޖޯޖް އިލެނިކެނާ އެވެ. މިއީ 18 އަހަރުގެ ކުޅުންތެރިޔާ ޗެމްޕިއަންސް ލީގުގައި ކުޅުނު އޭނާގެ ފުރަތަމަ މެޗެވެ. އިލެނިކިނާ މެޗަށް ނިކުތީ ފަހުފާހުގައި ބަދަލުކުޅެންތެރިއެއްގެ ގޮތުގައެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީވެސް މޮނާކޯއެވެ. މެޗުގެ 16 ވަނަ މިނިޓްގައި ނުރައްކާތެރި ހަމާލާއެއްގައި މޮޅު ގޯލެއް ކާމިޔާބުކޮށްގެން އެޓީމަށް ލީޑްނަދައިދިނީ ކުރިއަށްކުޅޭ މެގްނެކީއުޝް އެވެ.
ނަމަވެސް އޭގެ ބާރަ މިނިޓްފަހުން ބާސާއިން ވަނީ ގޯލެއްޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ބާސާގެ ހަމައެކަނި ގޯލް 28 ވަނަ މިނިޓްގައި މާކް ކަސާޑާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލްއެވެ. މިއީ ޗެމްޕިއަންސް ލީގުގައި ޔަމާލްގެ ވެސް ފުރަތަމަ ގޯލެވެ.
މޮނާކޯ މޮޅުކޮށްދިން ގޯލް ޖަހައިދިން ކުޅުންތެރިޔާ އިލެނިކިނާ މޮނާކޯ އާ ގުޅުނީ މިއަހަރުގެ ހޫނު މޫސުމުގައެވެ. މިއީ އޭނާ މޮނާކޯގެ ޖަރޒީގައި ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގެ 85 ވަނަ މިނިޓްގައި ބާސާއިން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މޮނާކޯގެ ކުޅުންތެރިން ވަނީ ވަރަށްބޮޑަށް ޕެނަލްޓީއަކަށް އެޕީލްކޮށްފައެވެ. ނަމަވެސް ވީއޭއާރުން ނިންމީ މޮނާކޯ އާ ދެކޮޅަށެވެ.
ރިއެކްޝަންސް