އޭދަފުށި ވަރުގަދަ, އައްޑޫ ސިޓީއާއި ކުރެންދޫ އެއްވަރު
ގޯލްޑް ކަޕްގައި ގަލޮޅު ދަނޑަށް އޭދަފުށި އެނބުރި އައި މެޗު ވަރުގަދަކޮށް ފެށި ނަމަވެސް, އައްޑޫ ސިޓީގެ ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ.
ގައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ ޝަމްވީލް ގާސިމް (ބޮންޑާ) ގަލޮޅު ދަނޑަށް އެނބުރި އައި މެޗުގައި ޅ.ކުރެންދޫ އާއި އެއްވަރުވީ 1-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް އައްޑޫ ސިޓީންނެވެ. އެޓީމަށް ކުރި ހޯދައިދިނީ
ގޯލްޑް ކަޕްގައި އައްޑޫ ސިޓީއާއި ކުރެންދޫ ވާދަކުރި މެޗު އެއްވަރު ވެއްޖެ އެވެ. މެޗު އެއްވަރުވީ 1-1 ނެވެ. ހިޒާމް ފައުޒީ އެވެ. އައްޑޫ ސިޓީގެ ކެޕްޓަންގެ ގޮތުގައި ބޮންޑާ ކުޅެން ނިކުއިން މެޗުގައި ކުރީގެ ޑިފެންޑަރ އަބްދުالله ހަނީފް (ބެންޖޯ) ވެސް ކުޅުނެވެ. އޭނާ އަކީ ޓީމްގެ ކޯޗުވެސް މެއެވެ.
މުބާރާތަށް ވަރުގަދަކުރި ކުރެންދޫ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރ ޖޯޑީ ވުލޫގަލުސް އެވެ. އޭނާ ނަތީޖާ ހަމަހަމަކޮށްދިނީ ހިލޭ ޖެހުމަކުންނެވެ. ކުރެންދޫ ޓީމް ސަލާމަތްކޮށްދިނުމުގައި ލަންކާ ގައުމީ ޓީމްގެ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާ މުހިއްމު ދައުރެއް އަދާކުރިއެވެ. އައްޑޫ ސިޓީން ފޮނުވާލި ރަނގަޅު ބޯޅަތަކެއް އޭނާ މަތަކުރިއެވެ.
ގަލޮޅު ދަނޑަށް އެނބުރި އައި މެޗުގައި އޭދަފުށި ފެށީ ބޮޑު މޮޅަކުންނެވެ. އެއީ އެއަތޮޅު ތުޅާދޫ 5-1 ން ބަލިކޮށްގެންނެވެ. މެޗުގައި އެންމެ ބޮޑަށް ވިދާލީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދީ އަލީ ނަސީމް އެވެ. އޭދަފުށީގެ ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފްގައި ޖެހީ ޑިފެންޑަރު މުޙައްމަދު އަޖުފާން އާއި ޖައުޝަން މުޙައްމަދެވެ. ތުޅާދޫ ޓީމްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ހުސެއިން އެވެ.
އޭދަފުށިން ކުޅުނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ އެރަށަށް ނިސްބަތްވާ މާޒިޔާއާއި އީގަލްސް ކުޅުންތެރިން ނުލައެވެ. އޭގެތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަހުމަދު އައިހަމް އާއި ހައިޝަމް ހަސަން (ބިޑި) އާއި ނިޝާމް މުޙައްމަދު ރަޝީދު (ޕޮގްބާ) ހިމެނެއެވެ. އެދެޓީމުން މުބާރާތުގައި ކުޅެން ކުޅުންތެރިންނަށް ހުއްދައެއް ނުދެއެވެ. މިގެއިތުރުން އޭދަފުށްޓަށް ނިސްބަތްވާ އަލީ ފާސިރު ސެންޓޭ އެހެން ޓީމަކަށް ކުޅެން ނިންމައިގެން ހުއްޓަސް އޭނާއަށްވެސް ކުޅުމުގެ ފުރުޞަތު ކްލަބުން ނުދެއެވެ.
މިގްރޫޕްގެ ފުރަތަމަ މެޗު ތިމަރަފުށްޓާއި ވާދަކޮށް ކާމިޔާބުކުރީ މާލެ ސިޓީއެވެ.
ރިއެކްޝަންސް