ޓެން ހާގުގެ ރައްދު ރޮނާލްޑޯއަށް! "އޭނާ އެހުރީ ޔުނައިޓަޑް އާ މާދުރުގަ"
ކްރިސްޓިއާނޯ ރޮނާލްޑޯ: ފޮޓޯ-ރޮނާލްޑޯ އެކްސް

ޓެން ހާގުގެ ރައްދު ރޮނާލްޑޯއަށް! "އޭނާ އެހުރީ ޔުނައިޓަޑް އާ މާދުރުގަ"

6 days ago - 06:09
Sep 13, 2024 - 06:09

ފާއިތުވި ހަފްތާގައި އެންމެ ބޮޑަށް ވައިގައި ހިފީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ, ޔުނައިޓެޑްގެ ކޯޗު އެރިކް ޓޭންހާގް އަށް ފާޑުކީ ޚަބަރެވެ. 

ރިއޯ ފާޑިނަންޑްގެ ޕްޑްކާސްޓް ޝޯވ ގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައިހުރެ ޓެން ހާގު ދައްކާ ބައެއް ވާހަކަތައް ބަލައިގަންނަށް ދަތިކަމުގައެވެ. އެގޮތުން ޔުނައިޓެޑް އަށް އިނގިރޭސި ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގުފަދަ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބު ނުކުރެވޭނެ ކަމަށް ޓެން ހާގް ބުނުމަކީ ގޯހެއްގެ ގޮތުގައި ރޮނާލްޑޯ ވަނީ ފާހަގަކޮށްފައެވެ.

39 އަހަރުގެ ރޮނާލްޑޯ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޔުނައިޓެޑް އަށް ކުޅުނެވެ. ފަހު ފަހަރު ރޮނާލްޑޯ އެކްލަބް ދޫކޮށްލީ 2023 ވަނަ އަހަރު ޓޭން ހާގް އާ މައްސަލަ ޖެހިގެންނެވެ. 

ޝޯވ ގައި ރޮނާލްޑޯ ބުނީ އޭނާ އަބަދުވެސް ޔުނައިޓަޑަށް އިޙްތިރާމް ކުރާ ކަމަށާއި ކްލަބަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމުގައެވެ. އެހެންކަމުން ކުޅުންތެރިންނާއި ސަޕޯޓަރުން ހިތްވަރު އެލޭގޮތަށް ވާހަކަދެއްކުން ގޯސްކަމަށެވެ. އަދި ކްލަބަކީ ތަށްޓަށް ވާދަކުރަންޖެހޭ ފެންވަރުގެ ޓީމެއްކަމަށާއި ވިސްނުންވެސް ހުންނަންޖެހޭނީ އެހެން ކަމަށެވެ. އަދި އެއީ މިހާރުވެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބްކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

Advertisement

ރޮނާލްޑޯގެ މި ވާހަކަތަކަށް ރައްދުދެމުން ޓެން ހާގް  ބުނެފައިވަނީ ރޮނާލްޑޯއަށް އޭނާ ދައްކާ ވާހަކަ ނޭނގޭކަމަށެވެ. ސަބަބަކީ އޭނާ އެހުރީ މެންޗެސްޓަރ ޔުނައިޓާ މާ ދުރުގައި ކަމުގައި ވާތީއެވެ. އަދި ޕްރިމިއަރ ލީގުގެ ތަށި ޔުނައިޓަޑް އަށް ނުހޯދޭނެކަމަށް ބުނީ ހުދު ރޮނާލްޑޯ ކަމަށްވެސް ޓެން ހާގް ބުނެފައިވެއެވެ.

"އޭނާ އެހުރީ ސައުދި އެރޭބިއާގަ. މެންޗެސްޓަރ އާ މާދުރުގަ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ހިޔާލެއް ފާޅުކުރެވޭނެ" ރޮނާލްޑޯ ބުނިބުނުމަކީ މާބޮޑު ބުރަދަނެއް ހުރިއެއްޗެއް ނޫންކަމަށް މޭރުންވާ ބީދައަކުން ޓެން ހާގް ބުނެފައި ވެއެވެ.

އިންޓަނޭޝަލް ބްރޭކަށް ޕްރިމިއަރލީގު މެދުކަނޑާލިއިރު ޔުނައިޓަޑުން ކުޅުނު އެންމެ ފަހު މެޗުން އެޓީމް ވަނީ 3-0 ން ލިވަޕޫލް އަތުން ބަލިބެފައެވެ. މިއާއެކު, އާދިއްތަ ދުވަހު ޔުނައިޓެޑުން ސައުތަމްޕްޓަންއާ ބައްދަލުކުރާއިރު ޓެން ހާގް އަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާންޖެހިފައެވެ.

ސައުތަމްޕްޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާއިން ރިކަވާ ނުވުމުގެ ސަބަބުން ލޫކް ޝޯވ އަދި ރަސްމުސް ހޮއިލުންޑް އަށް ނުކުޅެވޭނެކަށް ޓެން ހާގް ވަނީ ޔަޤީންކޮށްދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow