އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާއެކު ޓޮމް ކެންޑިޑެސީ ހުށަހަޅައިފި
ޓޮމް ކެންޑިޑެސީ ހުށަހަޅަނީ: ފޮޓޯ-ޓޮމް

އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާއެކު ޓޮމް ކެންޑިޑެސީ ހުށަހަޅައިފި

23 ކްލަބުން ވަނީ ތާއީދުކޮށްފަ

9 hours ago - 11:47
Jul 6, 2025 - 11:47

އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާއެކު އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރެއްވުމަށް އަހުމަދު ތާރިޤު (ޓޮމް) ކެންޑިޑެސީ ހުށަހަޅައިފިއެވެ.

ކެންޑިޑެސީ ހުށަހެޅުއްވުމަށްފަހު ކުރީގެ ގައުމީ ފޯވާޑް ވިދާޅުވީ އޭނާ ކެންޑިޑެސީ ހުށަހެޅުއްވީ

ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ  ވައުދާއެކު ކަމަށެވެ. އަދި ކެންޑިޑެސީ ހުށަހެޅުއްވީ އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއްގެ ތާއީދާއެކު ކަމަށް ވިދާޅުވިއެވެ. އެއީ 23 ކްލަބެވެ.

ޓޮޕްގެ އެކްސްކޯގެ ސީނިއަރ މަގާމްތަކުގައި އެންމެ ގިނައި ނިއުރޭޑިއަންޓްގެ އޮފިޝަލުންނެވެ. ސީނިއަރ ނައިބްރައީސްއެއްގެ ގޮތުގައި ހިމަނާފައިވަނީ ނިއުރޭޑިއަންޓްގެ ވައިސް ޗެއަރމަލް އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަލީ އިބްރާހީމް (ކައްޕި) އެވެ. އޭނާ އަކީ ނިއުރޭޑިއަންޓްގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ނައިބުރައީސުންގެ ގޮތުގައި ދެން ހިމެނެނީ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ނިއުރޭޑިއަންޓްގެ ނައިބުރައީސް އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް (މުޖޭ) އެވެ.

Advertisement
Advertisement

ޓޮމްގެ އެކްސްކޯގައި ގައުމީ ޓީމްގެ ކުރީގެ އެއްވަނަ ކީޕަރު އަދި ޓޮމްގެ ބޭބެ އިމްރާން މުޙައްމަދާއި މުޙައްމަދު އުމެއިރު ހިމެނެއެވެ. މީގެއިތުރުން ހިމެނެނީ ޓީސީގެ ރައީސް އަހުމަދު އައްބާސް އާއި ބީޖީގެ އަލީ ރިޒްވާން އާއި އޮޑީގެ ޢަބްދުالله ނާސިހުގެ އިތުރުން އަންހެން މެމްބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކޮށް ފާސްކުރީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުއެވެ. އިންތިޚާބު ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް ވަނީ މީގެކުރިންވެސް އެފްއޭއެމްގެ ރައީސްކަމަށް އިންތިޚާބުވެފައެވެ. ނަމަވެސް ދާދި އަވަހަށް މަގާމް ގެއްލުނީ އޭނާގެ އެކްސްކޯ އިސްތިއުފާ ދެއްވުމުންނެވެ. އޭގެފަހުން އެއިދާރާގެ ރައީސްކަމުގައި ހުންނެވީ ބައްސާމް އަދީލް ޖަލީލް އެވެ. މިފަހަރު ފުރުޞަތު ހުޅުވާލިއިރު ބައްސާމް އަށް ކުރިމަތިނުލެވޭނެ ޝަރުތުތަކެއް ވަނީ ހިމަނާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow