މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫންނާއި މާލެއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ކަމަދޫން ހައްޔަރުކުރި ދެމީހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫންނާއި މާލެއިން ބަޔަކު ހައްޔަރުކޮށްފި

މާލެއިން ހައްޔަރުކުރީ ދެބެން

8 hours ago - 11:16
Jul 6, 2025 - 11:33
Advertisement
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫންނާއި މާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ކަމަދޫން ހައްޔަރުކުރީ 40 އަހަރުން މަތީގެ އަންހެނަކާއި ފިރިހެނެކެވެ. އެއީ އެރަށު ސުވާސާގެ، ޢަލީ ރިޔާޟު ޙަސަން (53އ) އާއި ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ) އެވެ.

އެދެމީހުން ހައްޔަރުކުރީ ބުދަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހުން މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަދޫ ގެއެއް ބަލައިފާސްރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ޢަލީ ރިޔާޟު ޙަސަން ފަސް ދުވަހަށް އަދި އާމިނަތު ފަރީޝާ  30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Advertisement
Advertisement

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ދެބެންނެވެ. އެއީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި ގ. ސެމިޓޯން، މާލެ، ޙަމްޒާ ޝަރީފް (44އ) އެވެ.

ފުލުހުން ވިދާޅުވީ އެދެމީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ޝަރީފްއާއި ޙަމްޒާ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދެމައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement