
ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ
ހުޅުމާލެ ބްރެވިގަސް މަގުގައި އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާގެ މެދުގައި މާރާމާރީއެއް ހިނގައި، އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ވިދާޅުވީ މި މާރާމާރީގެ ރިޕޯޓް އެއިދާރާއަށް ލިބުނީ މެންދުރު އެކެއް ޖެހިއިރުއެވެ. މި ހާދިސާގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މާރާމާރީގައި އެކަކުގެ ބޯ ފަޅާލާފައިވާއިރު، އިތުރު ދެ މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވާކަމަށާއި، އަދި އަނިޔާ ލިބުނު ފަރާތްތަކަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ،
މި މައ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






