ޒަބީ އަލޮންސޯ ރެއާލްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވިކަން ކްލަބުން އިއުލާންކޮށްފި
ކޯޗުގެ ގޮތުގައި ރެއާލުން އާންމުކުރި އަލޮންސޯގެ ފޮޓޯ

ޒަބީ އަލޮންސޯ ރެއާލްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވިކަން ކްލަބުން އިއުލާންކޮށްފި

4 hours ago - 16:10
May 25, 2025 - 16:22

ރެއާލް މެޑްރިޑްގެ އާ ކޯޗުގެ މަޤާމަށް ޒަބީ އަލޮންސޯ ހަމަޖެއްސި ކަން ކްލަބުން ރަސްމީކޮށް އިއުލާންކޮށްފިއެވެ. ކްލަބުން ނެރުނު ބަޔާނުގައި ބުނީ އަލޮންސޯ އާއެކު އެއްބަސްވެފައި ވަނީ  ޖޫން 1, 2025 ން ޖޫން 30, 2028 ގެ ނިޔަލަަށް ކުރިއަށް އޮތް ތިން ސީޒަނަށް ކަމަށެވެ.

އަލޮންސޯ އެ މަޤާމަށް އައްޔަނުކުރިކަން އިއުލާނުކޮށް ރެއާލުން ނެރުނު ބަޔާނުގައި އަލޮންސޯ ރެއާލް އަށް އަދި ސްޕެއިންގެ ޤައުމީ ޓީމާއެކު ހޯދާފައިވާ ކާމިޔާބީތައް ހިއްސާކޮށްފައި ވެއެވެ.

އަލޮންސޯ ރެއާލްގެ ކޯޗުގެ ގޮތުގައި ދައްކާލާނީ މާދަމާ ރެއާލް މެޑްރިޑް ސިޓީގައެވެ. ޕްރޮޓޮކޯލް ގެ ގޮތުން ބާއްވާ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކްލަބްގެ ރައީސް ފްލޮރެންޓީނާ ޕެރޭޒްވެސް ބައިވެރިވާނެއެވެ. އަދި ރަސްމިއްޔާތަށްފަހު އަލޮންސޯ ނޫސްވެރިންނާވެސް ބައްދަލު ކުރާނެ ކަމަށް ކްލަބުން ވަނީ ބުނެފައެވެ.

އަލޮންސޯގެ ކޯޗިން ކެރިއަރު ފެށީ ރެއާލް މެޑްރިޑްގެ އެކަޑެމީ އިންނެވެ. އެގޮތުން 2019-2018 އަށް އަލޮންސޯ ވަނީ ރެއާލްގެ 12 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކޮށްދީ, ލީގުވެސް ކާމިޔާބުކޮށްދީފައެވެ.

Advertisement
Advertisement

"އަލޮންސޯއަކީ ރެއާލްގެ ލެޖެންޑެއް. އަދި ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޣްގައިވެސް ވަރުގަދަ ނަމެއް. ކްލަބަށް 236 މެޗު ކުޅެދީ ރެއާލްއާއެކު ދިހަ ވަނަ ޔޫރަޕިއަން ކަޕް, 1 ޔޫރަޕިއަން ސުޕަރ ކަޕް, 1 ލަލީގާ, 2  ސްޕެނިޝް ކަޕް އަދި 1 ސުޕެނިޝް ސުޕަރ ކަޕް ހާސިލްކޮށްފައިވޭ. ސްޕެއިންގެ ޤައުމީޓީމާއެކު 2010 ގެ ވޯލްޑްކަޕް އަދި 2012 ގެ ޔޫރޯ ވަނީ ހާސިލްކޮށްފަ" ރެއާލްގެ ބަޔާނުގައި އަލޮންސޯއާ ބެހޭގޮތުން ބުނެފައި ވެއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި 2009 ން 2014 އަށް ރެއާލްއާއެކު 6 ތަށި ހޯދާފައިވާ ރެއާލްގެ ލެޖެންޑް އަލޮންސޯ އަލުން ރެއާލް އާ ކޯޗެއްގެ ހައިސިއްޔަތުން ރެއާލްއާ އަލުން ގުޅޭއިރު, ކޯޗިންގައިވެސް އަލޮންސޯއަކީ މިހާރު ވަރުގަދަ ނަމެކެވެ.

 ބަޔާން ލެވަކޫސަން އަށް ކޯޗުކޮށްދިން މުއްދަތުގައި އަލޮންސޯވަނީ ލެވަކޫސަންއަށް ޖަރުމަނު ލީގު ކާމިޔާބުކޮށްދީފައެވެ. ތިން ސީޒަނުގެ ތެރޭގައި ލެވަކޫސަން އާއެކު ޖަރުމަނު ކަޕް އަދި ޖަރުމަން ސުޕަރ ކަޕްވެސް ވަނީ ހާސިލްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow