
ޖޮޓާގެ ޖަނާޒާގައި އެންމެ ގާތް ރަޙްމަތްތެރިޔާ ރުބެން ނެވެސް, ރަޙްމަތްތެރިކަމުގެ ލާމަސީލު މިސާލެއް
"އަަހަރެން ޔަޤީންކުރާނަން ޖޮޓާ އަބަދުވެސް ހުރިކަމަށް. ޖޮޓާ ކޮންމެ ތާުކު ހުއްޓަސް އާއިލާއަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭނެ ކަމުގެ ޔަޤީންކަށް އަހަރެން ދެން. " މިއީ މިމަހު ތިންވަނަ ދުވަހު ކާރު އެކްސިޑެންޓެއްގައި މަރުވި ލިވަޕޫލްއަށް ކުޅޭ ޕޯޗްގަލްގެ ޑިއޯގޯ ޖޮޓާގެ މަރަަށްފަހު އޭނާގެ އެންމެ ގާތް އެކުވެރިޔާ ރުބެން ނެވެސް ބުނެފައިވާ ވާހަކައެކެވެ.
އެމެރިކާގައި ހުކުރު ދުވަހު ފީފާ ކްލަބް ވޯލްޑްކަޕްގެ ކުއާޓާރ ފައިނަލްގައި އަލް-ހިލާލްއާއި ބްރެޒިލްގެ ފުލުމިިނީސް ބައްދަލުކުރި މެޗަށްފަހު މަދު ގަޑިއިރެއްގެ ތެރޭގައި ނެވެސް އާއި އަލް-ހިލާލްއަށްކުޅޭ ޕޯޗުގަލްގެ ޔާއޮ ކެންސެލޯ ހުރީ އެނބުރި ޕޯޗުގަލްގައެވެ. ގާތް އެކުވެރިޔާގެ ޖަނާޒާއަށް ގޮހެވެ.
ކުއާޓަރ ފައިނަލްގެ މެޗު ފެށުމުގެ ކުރިން ޖޮޓާގެ ހަނދާނުގައި ގެނައި ސުކޫތުގައިވެސް ނެވެސްގެ ކަރުނަތައް ނުހިފެހެއްޓިގެން އުޅުނު ޖަޒުބާތީ މަންޒަރުތައް ވަނީ އާންމުވެފައެވެ.
ނެވެސް އަކީ ޖޮޓާގެ އެންމެ ގާތް ރަޙްމަތްތެރިންގެ ތެރެއިން އެކަކެވެ. ފުޓްބޯޅައިގައި އޭނާގެ އެންމެ ގާތް ރަޙްމަތް ތެރިޔާއެވެ. ވާދަވެރި މެޗަކަށްފަހު އެންމެގާތް ރަޙްމަތްތެރިޔާގެ ޖަނާޒާއަށް އެއްބައްރުން އަނެއްބައްރަށް އައިސް ސަންދޯކުގެ އެއްކޮޅުގައި ހިފައިގެން ހުރީވެސް އޭނާއެެވެ. ރަޙްމަތްތެރިޔާގެ ސަންދޯއް އޭނާއަށްޓަކައި ކިހާ ބަރުކަން އެވަގުތު އޭގައި ހިފައިގެންތިބި އެހެން އެކަކަށް ނުވާ އިޙްސާސް ނެވެސް އަށް ކުރެވޭކަން އެނގެނީ އެވަގުތުވެސް އޭނާގެ މޫނުގެ ހަރަކާތްތަކުން އެނގެއެވެ.
ނެެވެސް އަކީ 28 އަަހަރުގެ ޖޮޓާ ވުލްވްސްއަށް ކުޅުނު ދުވަސްވަރުން ފެށިގެން އޭނާއެކު ދަނޑުހިއްސާކުރަމުން އަންނަ ރަޙްމަތްތެރިޔާއެވެ. ޖޮޓާގެ މަރަށްފަހު ނެވެސް ވަނީ އޭނާގެ އުދާސްތައް މީސްމީޑިއަށް ބަންޑުންކޮށްލާފައެވެެ.
"ކޮންމެތާކު ހުއްޓަސް އެނގޭ އަހަރެން މި ލިޔާއެއްޗެއް ކިޔާނެކަން. ތިއީ އަހަންނަށް ކިހާ މުހިއްމު މީހެއްކަން އެނގޭނެ. އެއީ އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސު މުހިއްމުވާ ފަދައިން ރަޙްމަތްތެރިކަމަށް ވުރެ ބޮޑަށް މިއީ އެއް އާއިލާއެއް. މާކުރިން އަހަރެމެން ދޫކޮށް ދިޔަޔަސް މި އާއިލީވަންތަކަމެއް ނުކެނޑޭނެ" ޖޮޓާއަށް ނިސްބަތްކޮށް އިންސްޓަގްރާމްގައި ނެވެސް ލިޔެފައި ވެއެވެ.
ޕޯޗުގަލްގެ ޤައުމީޓީމުގައި ވެސް ނެވެސްއާއެކު ކުޅޭ ޖޮޓާގެ ހަނދާންތައް އަބަދުވެސް އޭނާއާއެކު ވާނެކަމަށް ބުނެ, ނެވެސް ވަނީ ޓީމާއެކު ދަތުރުކުރާއިރުވެސް ބަހުގައި ދެންވެސް އޭނާއާ ޖެހިގެން އިިންނާނީ ޖޮޓާ ކަމަށާއި, ކެއުމުގެ ވަގުތުގައި ވެސް އޭނާ އާ ޖެހިގެން އިންނަ ގޮޑީގައި އަބަދުވެސް އިންނާނީ އޭނާ ކަމަށް ބުނެފައެވެ.
"އަަހަރެމެން އެކުގައި ހީހަދާ, ކުރިމަގުގެ ރޭވުންތައްވެސް ރާވާނެ. މިއަދުވެސް ދަނޑުގައި އަހަންނާއެކު ހުންނާނެ. އަދި އެތަނަކުން އަހަރެމެން ބައްދަލުވި ދަނޑުން އެކުގައި އަހަރެމެން އަދިވެސް ކުރިއަށްދާނެ" ރަޙްމަތްތެރިޔާގެ މަރާއެކު ހިތްހަލާކުވެފައިވާ ނެވެސް ލިޔެފައި ވެއެވެ.
ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ މަރުވީ އެމީހުން ދަތުރުކުރުމުންދިޔަ ލަމްބޯގިނީގެ ފުރޮޅު ކަހާލައިގެން ގޮސް ކާރުގައި ރޯވެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައިސްޕެއިންގެ އިރު ހުޅަނގު ސަރަހައްދެއްގެ ހައިވޭއަކުން ބުރާސްފަތި ދުވަހު ހެނދުނު އެވެ.
ރިއެކްޝަންސް






