
މާލޭ ގެއަކުން ވަގަށްނެގި ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދާ, ވެރިފަރާތާ ހަވާލުކޮށްފި
މާލޭ ގެއަކުން ވަގަށްނެގި ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދާ, ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން މިއަދު ވިދާޅުވީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު މައްޗަންގޯޅި ގެއަކުން ވަގަށްނެގި އަގުހުރި ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ ޖޫން 29 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް ތަކެތި ޖެހިގެން އައި ދުވަހު ހޯދާފައެވެ. އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު،، އެކި ބްރޭންޑުތަކުގެ ހާޑާއި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތަކެތީގެ އަގު 60,000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72,000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެސް ވެރިފަރާތާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި، މިހާތަނަށް ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެކަމަކު މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






