ވޯލްޑްކަޕް ކޮލިފަޔާސްގެ އާޖެންޓީނާގެ ސްކޮޑުން މެސީ ނުފެންނާނެ
މެސީ. އަނިޔާއިން ސަލާމަތްވުމަށް އޭނާ މިހާރުވެސް ހުރީ އިންޓަރ މަޔާމީ އިން އަރާމުކުރަން ފުރުޞަތު ދީފައި

ވޯލްޑްކަޕް ކޮލިފަޔާސްގެ އާޖެންޓީނާގެ ސްކޮޑުން މެސީ ނުފެންނާނެ

19 hours ago - 02:19
Mar 18, 2025 - 02:22

ވޯލްޑްކަޕް ކޮލިފަޔާސްގައި އާޖެންޓީނާއިން ބްރެޒިލް އަދި ޔުރުގުއާއީ ބައްދަކުރާ ސްކޮޑުން ލަޔަނަލް މެސީ ނުފެންނާނެކަން ކަށަވަރުވެއްޖެއެވެ. ހޯމަ ދުވަހު ފައިނަލް ރޯސްޓަރ ނެރުނުއިރު 37 އަހަރުގެ މެސީ 33 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މެސީ އަށް ސްކޮޑުން ޖާގަ ނުލިބުނީ އޭނާގެ ފިޒިކަލް ހާލަތުގެ ސަބަނުންނެވެ. މާ ބުރަކޮށް މަސައްކަތްކުރުމުން ސަލާމަތްވެ ސިއްހަތު ހަމަޔަކަށް އެޅުވުމުގެ ގޮތުންނާއި, އަނިޔާއިން ސަލާމަތްވުމަށް އިންޓަރ މަޔާމީން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މެސީ ނުފެނެއެވެ. 

އެމެރިކާ ލީގުގެ އާސީޒަން ފެށިފައިވާއިރު ފާއިތުވި ހަތް ދުވަސްތެރޭގައި ތިން މެޗު ކުޅުމަށްފަހު ލޯޑް މެނޭޖްކުރުމުގެ ގޮތުން ކަލްބުން މެސީއަށް އަރާމުކުރަން ފުރުޞަތު ދީފައިވާކަމަށްވެސް އިންޓަރ މަޔާމީގެ ހެޑް ކޯޗު ހާވިއާ މަޝެރާނޯވެސް ވަނީ އިއުލާންކޮށްފައެވެ.

ނަމަވެސް މެސީ މިވަގުތު ހުރީ އަނިޔާއެއްގައި ނޫންކަން އޭނާ ވަނީ ކަށާވަރުކޮށްދީފައެވެ. އަދި އާޖެންޓީނާގެ ޤައުމީ ޓީމުގެ ޑޮކްޓަރުންވެސް މަޔާމީގެ ޑޮކްޓަރުންނާ ގުޅިގެން މެސީގެ ސިއްޙީ ކަންކަން ގާތުން ބަލަމުންދާކަމަށް މަޝެރާނޯ ބުނެފައި ވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow