ޕްރިމިއަރ ލީގު: މަޑުއެކްގެ ހެޓްރިކާއެކު ޗެލްސީން ވުލްވްސް ބަލިކޮށްފި
ދެވަނަ ހާފްގައި ނޮނީ މަޑުއެކް ކާމިޔާބުކުރި ހެޓްރިކާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީން 6-2 ން ވުލްވްސް ބަލިކޮށްފިއެވެ.
މިސީޒަނުގައި ޗެލްސީއާ ހަވާލުވި ކޯޗް އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ލީގުގައި މޮޅުވި ފުރަތަމަ މެޗުގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ނިކޮލަސް ޖެކްސަން, ކޯލް ޕާމާ , ނޮނީ މަޑުއެކް އަދި ޔާއޮ ފެލިކްސްއެވެ. ,ޗެލްސީގެ ފުރަތަމަ ގޯލް މެޗް ފެށިގެން ދެވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޖެކްސަންއެވެ.
މެޗްގެ 27 ވަނަ މިނިޓްގައި ވުލްވްސްގެ މެތިއުސް ކޫނާގެ ގޯލުން ނަތީޖާ އެއްވަރުކުރި ނަމަވެސް, ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ޗެލްސީގެ ދެވަނަ ގޯލް ކާމިޔާބުކޮށް, ޕާމާ އަލުން ލީޑް ނަގައިދިނެވެ. އޭގެ ހަ މިނިޓް ފަހުން އިތުރު ވަގުތުގައި ވުލްވްސް އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރިއެވެ. ވުލްވްސްގެ ދެވަނަ ގޯލް ޖަހައިދިނީ ހޯގަން ސްޓަރާންޑެވެ.
ދެވަނަހާފު ފެށިގެން ނުވަވަނަ މިނިޓްގައި ޗެލްސީގެ 3 ވަނަ ގޯލް ނޮނީ މަޑުއެކް ކާމިޔާބު ކޮށްދިނުމާއިއެކު 13 މިނިޓް ތެރޭގައި ހެޓްރިކް ހަދާ މަޑުއެކް އޭނާގެ ފެންވަރު ދައްކާލިއެވެ. މަޑުއެކްގެ ތިން ގޯލްވެސް ކާމިޔާބުކުރީ ކޯލް ޕާމާ ތަނަވަސްކޮށްދިން ފުރުޞަތުތަކުގައެވެ.
ޗެލްސީގެ ހަވަނަ ގޯލް އަށްޑިހަ ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މިސީޒަންގައި އެންމެފަހުން ޗެލްސީއާ ގުޅުނު އެޓީމްގެ ކުރީގެ ފޯވާޑް ޔާއޮ ފެލިކްސްއެވެ.
ބޮޑުތަފާތަކުން ވުލްވްސް ބަލިކުރި ނަމަވެސް ޗެލްސީ އަދިއޮތީ ތާވަލްގެ އަށް ވަނައިގައެވެ. އާދިއްތަ ދުވަހު ކުޅުނު ދެވަނަ މެޗްގައި ބޯންމައުތް އާ ނިއުކާސްލް ޔުނައިޓެޑް 1-1 ން ވަނީ އެވަރުވެފައެވެ.
2-0 ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލް ތާވަލްގެ ހަތަރު ވަނައަށް ޖެހިލިއިރު, ލިވަޕޫލްގެ ފުރަތަމަ ގޯލް ތޭރަ ވަނަ މިނިޓްގައި ޑިއެގޯ ޖޯޓާ ތަނަވަސްކޯށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ ލުއިސް ޑިއަޒް އެވެ.
މެޗުން މޮޅުވި ގޯލް 76 ވަނަ މިނިޓްގައި ލުއިސް ޑިއަޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކޮށްދިނީ މިޞްރުގެ ފޯވާޑް މުޙައްމަދު ސަލާޙްއެވެ. ނަމަވެސް އޭގެ 13 މިނިޓްފަހުން ސަލާޙް ވަނީ ބަދަލުކޮށްފައެވެ. ސަލާޙް ލިވަޕޫލާ ގުޅުނީ މިގެ ހަތް އަހަރުކުރިން 2017ގައެވެ.
ރިއެކްޝަންސް