އެެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ އިތުރުން އީރާންވެސް 2026 ގެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
ކޮލިފައިވުމުން އާޖެންޓިނާގެ ޓީމު އުފާފާޅުކުރަނީ

އެެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ އިތުރުން އީރާންވެސް 2026 ގެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

3 days ago - 06:57
Mar 26, 2025 - 11:44

ެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 2026 ގެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ. މިއީ ދެކުނު އެމެރިކާ ބައްރުން ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމެވެ.  

އަންނަ އަހަރު އެމެރިކާ, ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑްކަޕަށް އީރާންވެސް ވަނީ ކޮލިފައި ވެފައެވެ. އަންގާރަ ދުވަހު އުޒްބެކިސްތާން އަތުން 2-2 ން އެއްވަރުވި މެޗުގައި އީރާންގެ ދެ ގޯލްވެސް ކާމިޔާބުކުރީ މެޙްދީ ތަރޭމީ އެވެ. 83 ވަނަ މިނިޓްގައި ތަރޭމީ ކާމިޔާބުކުރި ގޯލާއެކު ކޮލިފައި ވުމަށް ބޭނުންވާ ޕޮއިންޓް ހޯދި އިރާނުން ވިދިވިދިގެން ވޯލްޑްކަމަށް ކޮލިފައިވި މީ ހަތަރުވަނަ ފަހަރެވެ. އެހެންކަމުން މިއީ އީރާނުން ވޯލްޑްކަޕްގައި ބައިވެރިވާ ހަތްވަނަ ފަހަރެވެ.

ކެޕްޓަން ލަޔަނަލް މެސީއާ އެކު ކޮލިފިކޭޝަންގައި އެންމެ ކުރީއްސުރެ ލީޑުކުރަމުން އައި އާޖެންޓީނާ ވަނީ 28 ޕޮއިންޓް ހޯދާފައެވެ. "މަރުހަބާ އާޖެންޓީނާ. ތަށި ދިފާއުކޮށް މުޅި ބައްރު ފަޙުރުވެރި ކުރަމާ" އާޖެންޓިނާ ކޮލިފައިވުމާ ގުޅިގެން ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ގަވަރނިން ބޮޑީގެ ރައީސް އަލެހަންޑްރޯ ޑޮމިންގުއެޒް އެކްސްގައި ލިޔެފައި ވެއެވެ.

2022ގައި ޤަތަރުގައި ބޭއްވި ވޯލްޑް ކަޕާއެކު އާޖެންޓީނާއިން ވަނީ ތިންފަހަތު ވޯލްޑްކަޕް އުފުލާލާފައެވެ. އާޖެންޓީނާއިން އެބައްރުން ވާދަކުރަން ހޮވާ ހަ ޓީމުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ދެކުނުއެމެރިކާގެ ގަދަބާރު ބްރެޒިލްއާ ކުޅެން އޮތް މެޗު ބާކީ އޮށްވައެވެ. އަންގާރަ ދުވަހު ބޮލީވިއާއިން ޔުރުގުއާއީ އަތުން ބަލިވެ ވޯލްޑްކަޕްގެ އުއްމީދު ވަނީ ގެއްލިފައެވެ.

Advertisement
Advertisement

48 ޓީމު ވާދަކުރާ މިފަހަރުގެ މުބާރާތުގައި ދެކުނު އެމެރިކާ ބައްރުން އެންމެ މަތިން ޕޮއިންޓް ހޯދާ ހަ ޓީމު އޮޓޮމެޓިކް އިން ކޮލިފައި ވާނެއެވެ. ހަތްވަނަ ޓީމު ކަނޑައަޅާނީ ބައްރުތަކުގެ މެދުގައި ކުޅޭވޭ ޕްލޭ-އޯފް ބުރަކަށްފަހުއެވެ.

ގްރޫޕް-އޭ ގައި ރޭ އީރާން އަތުން 2-2 ން އެއްވަރުވި އުޒްބެކިސްތާން އޮތީ އީރާނަށްވުރެ ތިންޕޮއިންޓް ފަހަތުގައެވެ. އީރާން އަތުން ތިން ޕޮއިންޓް ލިބުންނަމަ އުޒްބެކިސްތާން ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވާނެއެވެ. ގްރޫޕްގެ ތިންވަނަ އެކުވެރި އަރަބި އިމާރާތް ހޯދީ އެންމެ ދަށުގައި އޮތް އުތުރު ކޮރެއާ 2-1 ން ބަލިކޮށްގެންނެވެ. އޭޝިއާގެ ޗެމްޕިއަން ޤަތަރުން 3-1 ން ކިރްގިސްތާން އަތުން ބަލިވެ އޮޓޮމެޓިކް ކޮލިފިކޭޝަންގެ ޖާގަ ވަނީ ގެއްލިފައެވެ.

ކޮލިފިކޭޝަންގައި އޮސްޓްރޭލިއާ އިން އަންގާރަދުވަހު 2-0 ން ޗައިނާ ބަލިކޮށް ކޮލިފައިވުމާ ގާތަށް ވަނީ ޖެހިލާފައެވެ. އިތުރު ޤައުމުތައް ކަމަށްވާ އަލްޖީރިއާ, މިޞްރު, މޮރޮކޯވެސް ވަނީ ކޮލިފައިވުމާ ކައިރިއަށް ދަތުރުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow