ކޮލިފައިންގެ ފެށުން ރާއްޖެއަށް ގޯސް، ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ
ރާއްޖޭގެ ޤައުމީޓިމުން މިފަހަކަށް އައިސް ކުޅުން ގިނަ މެޗުތަކަކުން ވަނި ބަލިވެފައި / ފޮޓޯ:އެފްއޭއެމް

ކޮލިފައިންގެ ފެށުން ރާއްޖެއަށް ގޯސް، ފިލިޕީންސް އަތުން ރާއްޖެ ބަލިވެއްޖެ

14 hours ago - 22:22

އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން 4-1 އިން ބަލިވެއްޖެއެވެ.

ފިލިޕީންސް ނިއު ކްލާކް ސިޓީ އެތުލެޓިކް ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ފިލިޕީންސް އިން ވަނީ ރާއްޖެ ކޮޅަށް ގޯލު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭޓީމުގެ ޑިފެންޑަރު ޖެފަސަން ޓަބީނާސް އެވެ.

ފުރަތަމަ ހާފު އެއްކޮށް ކަހަލަގޮތަކަށް ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައި ވަނީ ފިލިޕީންސްގެ ޓީމުންނެވެ. މިއަދު އެޓީމުން ޖެހި ދެވަނަ ލަނޑު މެޗުގެ 18 ވަނަ މިނިޓުގައި ކާމިޔާބުކޮށް ދިނީ އެޓީމުގެ ފޯވާޑް، ބިޔޯން މާޓިން ކްރިސްޓެންސަން އެވެ.

ދެވަނަ ހާފު ރާއްޖެ ފެށީ ބަދަލުތަކަކާއި އެކުގައެވެ. އެގޮތުން މުހައްމަދު ނާއިމްގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން ނުކުތެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަހާފަށް ވުރެ ރާއްޖޭގެ ކުޅުން ރަނގަޅުވެގެން ދިއުމެވެ. އަދި  މިއަދުގެ މެޗުގައި ރާއްޖެގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ 62 ވަނަ މިނިޓުގައި ފެނިގެން ދިއުމެވެ.  ހުސެއިން ސިފާއު (ކުރޯ) ނަގައިދިން ހުރަހަކުން މި ގޯލު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

Advertisement
Advertisement

ސެންޓޭގެ މިގޯލަށް ފަހު ފިލިޕީންސްއިން އެބުރި މެޗުގެ ތެރެއަށް އައިސް ފަހު ހާފު ނިމުމުގެ ކުރިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ރޭންޑީ ޝްނެއިޑާ އާއި ސަންޑްރޯ ރެޔޭސް އެވެ.

ކޮލިފައިންގެ ގުރޫޕް އޭގައި ރާއްޖެ އާއި ފިލިޕީންސާ އެކު ދެން ހިމެނެނީ ތަޖިކިސްތާނާއި ޓީމޯ ލެސްޓޭ ހިމެނެއެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ ޖޫން މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow