މެންޗެސްޓަރ ޔުނައިޓަޑް ދޫކޮށް ބްރޫނޯ ފެނާންޑޭޒް އަލް-ހިލާލްއަށް!
މެނެޗެސްޓަރ ޔުނައިޓަޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް

މެންޗެސްޓަރ ޔުނައިޓަޑް ދޫކޮށް ބްރޫނޯ ފެނާންޑޭޒް އަލް-ހިލާލްއަށް!

2 months ago - 15:21
May 30, 2025 - 15:22

ބްރޫނޯ ފެނާންޑޭޒް މެންޗެސްޓަރ ޔުނައިޓަށް ދޫކޮށް ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް-ހިލާލްއަށް ބަދަލުވާން ވިސްނަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.ރިޕޯޓްތައް ބުނާގޮތުން އަންނަ ހަފުތާފައި އަލް-ހިލާލްއިން ހުށަހަޅާފައިވާ އަގުބޮޑު އޮފާއާ ގުޅޭގޮތުން ބްރޫނޯ ވަކި ގޮތެއް ނިންމާނެއެވެ.

ފެނާންޑޭޒްގެ އެޖެންޓުންވަނީ ފާއިތުވި ހަފުތާގައި އަލް-ހިލާލްއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އަލް-ހިލާލްގެ ޑީލް ނިމިއްޖެ ނަމަ އަންނަ މަހު 14ގައި ފަށާ ކްލަބް ވޯލްޑްކަޕްގައި ބުރޫނޯ ފެންނާނެއެވެ.

މެންޗެސްޓަރ ޔުނައިޓަޑްގެ ކެޕްޓަންގެ ގޮތުގައި ކްލަބުގެ ޒިންމާތައް ސީރިއަސްކަމާއެކު އަދާކުރަމުންއައި ނަމަވެސް  ޔުނައިޓަޑްގެ ކުރިމަގާ ބެހޭގޮތުން ބްރޫނޯ ގެރެންޓީއެއް ދީފައެއް ނުވެއެވެ. އެހެންކަމުން ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އޭނާ ދެން ކްލަބުގައި މަޑެއްނުކުރާނެއެވެެ.

ބްރޫނޯ އާ ބެހޭގޮތުން ޔުނައިޓަޑުން އަދި އޮތީ ހިމޭންނުންނެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރު ވިދިވިދިގެން މެންޗެސްޓަރ ޔުނައިޓަޑްގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ކްލަބުގައި މަޑުކުރުވަން ބޭނުންވާކަމަށް މީގެ ކުރިން ކޯޗު ރުބެން އަމޮރިމް ވަނީ ބުނެފައެވެ. އަމޮރިމް ވަނީ ބްރޫނޯއަކީ ވިއްކާ ކުޅުންތެރިއެއްނޫން ކަމަށްވެސް ބުނެފައެވެ.

Advertisement
Advertisement

ފާއިތުވި އަހަރު އޮގަސްޓް މަހު ޔުނައިޓަޑް އާއެކު ބްރޫނޯ ވަނީ އެއް އަހަރު އިތުރު ކުރާގޮތަށް 2027 އާ ހަމައަށް އެއްބަސްވުން އާކޮށްފައެވެ. އެއްބަސްވުން ހަމަވުމުގެ ކުރިން ކްލަބު ދޫކޮށްލާނަމަ 80 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއެއް ކްލަބަށް ލިބޭނެކަމަށް އަންދާޒާ ކުރެވިފައި ވެއެވެ. އެ އަދަދަކީ މިވަގުތަށް ބަލާނަމަ ޔުނައިޓަޑްގެ ސްކޮޑަށް ގެންނަށްނަޖެހޭ ބަދަލުތައް ގެނައުމަށް ބޮޑު އެހީއަކަށް ވާނެއެވެ.

ހަބަރުތައް ބުނާގޮތުން އަލް-ހިލާލްއިން އޮތީ ކްލަބް ވޯލްޑްކަޕްގެ ކުރިން ބްރޫނޯގެ ސޮއިހޯދުމަށް ކެތްމަދުވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow