ސްކައުޓުން ދައްކައިދީފައި ވަނީ ތާރީފު ހައްގު ނަމޫނާ މަސައްކަތްތަކެއް: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ސްކައުޓުން ދައްކައިދީފައި ވަނީ ތާރީފު ހައްގު ނަމޫނާ މަސައްކަތްތަކެއް: ރައީސް މުއިއްޒު

11 months ago - 16:11
Advertisement
Advertisement

އިޖްތިމާއީ އެހީތެރިކަމާއި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 69 އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް ދިމާވާ ކޮންމެ މުހިންމު ކަމެއްގައި ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ގައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ހަރަކާތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް އަރިސްކުރައްވާފައެވެ.

ރާއްޖޭގެ ސްކައުޓް ހަރަކާތަށް 69 އަހަރުފުރުން ފާހަގަކުރާއިރު، ސްކައުޓްގެ ހަރަކާތްތަކުން ދަރިވަރުންނަށް ދަނީ ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދެމުންނެވެ. އެގޮތުން ގައުމީ އެކި ކަންކަމުގައި މިހާރުވެސް ސްކައުޓުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ރާއްޖެއަށް ދިމާވާ ބޮޑަތި ކާރިސާތަކުގައި ދިވެހި ސްކައުންޓުންނަކީ މިއަދުވެސް އެންމެ އިސްސަފުގައި މަސައްކަތް ކުރަވަމުންގެންދަވާ އެއް ފަރާތެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement