ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި- ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި- ރައީސް

2 months ago - 16:45
May 30, 2025 - 16:55
Advertisement
Advertisement

މި އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ސައުދީ ސަރުކާރުން ކަމަށެވެ.

ރައީސް މުއިއްޒު އެމަނިކުފާނުގެ ހައްޖު ދަތުރާ ގުޅޭ ގޮތުން ދެކެވޭ ބައެއް ވާހަކަތައް ދޮގު ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން ހައްޖަށް ވަޑައިގަންނަވަނީ ކަމަށް ބުނާ ބުނުމަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރީގެ ވެރިންނަށްވެސް ސައުދީ ސަރުކާރުން މިފަދަ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅަށް ވަކި ފްލައިޓެއްވެސް ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement
Advertisement

ރައީސް މުއިއްޒުގެ ހައްޖު ދަތުރުފުޅާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަން ވަޑައިގަންވާކަން އިއުލާނުކުރެއްވި އިރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ހުރިހާ ހައްޖާޖީން މިހާރު ވަނީ ސައުދީއަށް ދިއުމަށްޓަކައި ފުރާފައެވެ. އެގޮތުން އެންމެފަހު ގްރޫޕް ފުރާފައިވަނީ މިއަދުއެވެ.  

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement