
އިޒްރާއިލްގެ ކޯޓުން ޑރ. ހުސާމް އަބޫ ސަފިއާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
އުތުރު ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަންގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއާގެ ބަންދުގެ މުއްދަތު އިތުރު ހަ މަސްދުވަހަށް އިތުރުކޮށްފައިވާ ކަމަށް ޑރ. އަބޫ ސަފިއާގެ ވަކީލުންނާ ޙަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ. ވަކީލުން ބުނެފައި ވަނީ އިޒްރާއިލްގެ ސިވިލް ކޯޓުން އެގޮތަށް ނިންމީ "އޭނާ އަކީ އިޒްރާއިލްގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް" ބުނެއެވެ.
ކޯޓުގެ ނިންމުން ނިންމާފައިވަނީ "ސިއްރު ފައިލެއްގައި" ކޯޓަށް ހުށަހަޅާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ވެސް ވަކީލުން ބުނެފައި ވެއެވެ.
މި އަމަރުރާ ގުޅިގެން އަލް މަޒެން ސެންޓަރ ފޮރ ހިއުމަން ރައިޓްސް ގެ ޤާނޫނީ ޓީމުންވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ އެ ޖަމާޢަތުން ބުނީ ޑރ. އަބޫ ސަފިއާ އަކީ މަޢުޞޫމް ބޭފުޅެއް ކަމަށާއި, ސިއްޙި ޚިދުމަތްތެރިއެއްގެ ހައިސިއްތުން އޭނާ އަދާކުރީ ކަމާލް އަދުވާން ހޮސްޕިޓަލްގެ އިދާރީ ޒިންމާކަމުގައެވެ.
ވަކީލުން ސިއްރު ފައިލަށް އެދުނު ނަމަވެސް ޕްރޮސެކިއުޝަންގެ ފަރާތުންވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި ކޯޓުން ވަނީ އެކަމަށް ތާއިދުވެސް ކޮށްފައެވެ.
"މި އަމުރުންވެސް އިޒްރާއިލްއިން ޤާނޫނާ ޚިލާފަށް ފަލަޞްޠީނުގެ ބިން ފޭރިގަނެގެން އުޅޭކަށް ވަރަށް ސާފު. އަދި ފަލަޞްޠީނުގެ ރައްޔިތުންގެ މައްޗަށް ޣައިރުޤާނޫނީ ގޮތުން އިސްތިޢުމާރީ ބާރު ހިންގާކަން އެބަ ސާފުވޭ" ޑރ. އަބޫ ސަފިއާގެ ބަންދުގެ މުއްދަތު އިތުރުކުރަން ނިންމުމުން އަލް މަޒެންގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






