ޓޭންކަރުތަކާއެކު ޣައްޒާގެ ރައްޔިތުން މަރަމުން އިޒްރާއިލްގެ ފޯސްތައް އަނެއްކާވެސް ރަފަޙްގެ ތެރެއަށް....
އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި ހަމަލާތައް ދެމުން: ފޮޓޯ-އޭޕީ ވީޑިއޯ ސްކްރީން

ޓޭންކަރުތަކާއެކު ޣައްޒާގެ ރައްޔިތުން މަރަމުން އިޒްރާއިލްގެ ފޯސްތައް އަނެއްކާވެސް ރަފަޙްގެ ތެރެއަށް....

ހުކުރު ދުވަހު 27 މީހުން މަރާލި

2 hours ago - 14:45
Sep 21, 2024 - 14:46

ފަލަޞްތީނުގެ އެތައްބަޔަކު މަރަމުން އިޒްރާއިލްގެ ޓޭންކަރުތައް ރަފަޙްގެ ހުޅަނގުން-އުތުރަށް މިޞްރާއި ޣައްޒާގެ ބޯޑަރު ކައިރިއަށް ޖެހެން ފަށައިފިއެވެ. ޓޭންކަރުތަކާއި ވައިގެ މަގުން ރަފަޙްގެ ދެ ގެއަކަށް ހަމަލާދީ ހުކުރު ދުވަހު އިޒްރާއިލްއިން ވަނީ 27 މީހުން މަރާލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ހުއްޓުމެއްނެތި އިޒްރާއިލްއިން ފަލަޞްޠީނުގެ އެކިސަރަޙައްދުތަކަށް ހަމަލާދީ ކޮންމެ ދުވަހަކު ދަނީ ފަލަޞްޠީނުގެ އެތަށްބަޔަކު މަރަމުންމެވެ. މިއާ އެކުއެކީގައި އިޒްރާއިލްއިން މިހާރުދަނީ ލުބުނާން-އިޒްރާއިލް ބޯޑަރު ސަރަޙައްދުގައިވެސް ލުބުނާނުގެ ޙިޒްބުالله އާ ދެކޮޅަށް ހަމަލާދެމުންނެވެ. 

ހުކުރުދުވަހުގެ ހަމަލާތަކުގައި ރަފަޙްގެ ދެކުނުގެ ސިޓީއެއްގައި ފަލަޞްޠީނުގެ 13 މީހަކުވެސް ވަނީ އެމީހުން ދިރިއުޅުނު ގެއަށް ބޮންއަޅާ މަރާލާފައެވެ. މިހަމަލާގައި މަރާލާފައިވާ މީހުންގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ.

މެދުރެތޭ ޣައްޒާގެ ދިއެރް އެލް-ބަލަހް އިން އަލްޖަޒީރާގެ ނޫސްވެރިޔާ, ތާރެޤް އަބޫ-އައްޒޫމް ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިލްގެ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ދެ އިމާރާތް ވަނީ އެއްކޮށް ބިމާ ހަމަވެފައެވެ. އަދި ހަމަލާތައް ކުރިއަށް ދަނިކޮށް ފަލަޞްޠީނުގެ ސިވިލް ޑިފެންސްގެ މެމްބަރުން ދިޔައީ މީހުން ސަލާމަތްކުރުމަށް އެސަރަޙައްދަށް ވަދެވޭތޯ މަސައްކުރަމުން ކަމަށްވެސް ތާރެޤް ބުނެފައިވެއެވެ.

Advertisement

"ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު މީހުން ވަޅުލެވިފައި އަދިވެސް އެބަތިބި" ތާރެޤްއާ ޙަވާލާދީ އަލްޖްޒީރާއިން ރިޕޯޓް ކޮށްފައިވެއެވެ.

އެސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ ރޮއިޓާސް އިން މައުލޫމާތު ދޭ ގޮތުގައި ޓޭންކުތައް މިހާރު ވަނީ ރަފަޙްގެ ހުޅަނގު-އުތުރަށް މިސްރާބު ޖަހާފައެވެ. އަދި ޓޭންކަރުތަކާއެކު އަސްކަރީ މަތިންދާބޯޓުތައްވެސް އެދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓް ކޮށްފައިވެއެވެ. 

ހަމައެވަގުތު އިރުމަތީ ރަފަޙްގައި ބާރުދަގަ ގޮވުންތަކުގެ އަޑު ގުގުމާލާފައިވާ ކަމަށާއި, އެސަރަޙައްދުގައި އެތައް ގެއަކަށް ބޮންއަޅާ ގޮއްވާލާފައިވާކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ ރިޕޯޓްކޮށްފައި ވެއެވެ.

ޙަމާސްގެ ހަތިޔާރުއެޅި ވިންގުން ނެރުނު ބަޔާނެއްގައިވެސް އެމީހުން ވަނީ ރަފަޙްގައި އިޒްރާއިލްގެ ހަމަލާތަކާ ދެކޮޅަށް ބަޑިން ހަމަލާދީ, ހަނގުރާމަކުރަމުންދާކަމަށް ބުނެފައެވެ. 

އެހެން ހަމަލާއެއްގައި މެދުތެރޭ ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް އިޒްރާއިލްއިން ދިން ހަމާލާއެއްގައި އިތުރު 8 މީހުން މަރާލާފައިވާކަމަށް ފަލަޞްޠީނުގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުންވެސް ޣައްޒާ ސިޓީގެ ގެއެއް ރެއިޑްކޮށް އިތުރު 6 މީހަކު މަރާލާފައިވާކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ. 

އިރުމަތީ ބެއިތް ޙަނޫންގައިވެސް އިޒްރާއިލްގެ ޙަމާލާއަކުން ކާރެއް ގޮއްވާލާ ބަޔަކު މަރާލާފައިވާއިރު, އެތައްބަޔަކު ވަނީ ޒަޙަމްވެފައެވެ. 

ހުއްޓުމެއްނެތި އިޒްރާއިލްއިން ޣައްޒާއަށް ހަމަލާދޭތާ އަހަރެއްވާން ދެ ހަފުތާއަށް ވެފައިވާއިރު ހަމަލާތަކުގައި މިހާތަނަށްވަނީ ފަލަޞްޠީނުގެ 41,000 މީހުން މަރާލާފައެވެ. އޭގެތެރެއިން ½ އެއީ ކުޑަކުދިންނެވެ. ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުން މިހާރު ވަނީ ގެދޮރުގެއްލި ވިއްސި ވިހާލިވެފައެވެ. 

އިޒްރާއިލްއިން ބުނެފައިވަނީ ރަފަޙްގައި އެމީހުން ހިންގާ އޮޕަރޭޝަންގައި ފަލަޞްޠީނުގެ ހަތިޔާރުއެޅި ޖަމާއަތުގެ އެތައްސަތޭކަ ބަޔަކު މަރާލާފައިވާނެކަމަށެވެ. އަދި އެމީހުންގެ ޓަނަލް ތަކާއި އަސްކަރީ ތަންތަނަށްވެސް ހަމަލާދީފައިވާނެކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow