މަސްތުވާތަކެތި އެތެރެކުރަން އުޅުނު 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތަކެތި އެތެރެކުރަންނިކޮށް ހައްޔަރުކުރި މީހާ: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

މަސްތުވާތަކެތި އެތެރެކުރަން އުޅުނު 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި

3 hours ago - 16:52
Advertisement

 

މަސްތުވާތަކެތި އެތެރެކުރަން އުޅުނު 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

65 އަހަރުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ސ.ހިތަދޫ ވެހެތާނުގެ އަބްދުالله ސާދިގު އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިމަހުގެ 17 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުން ކަމަށެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި މީހާ އަތުން 349 ގްރާމް މަސްތުވާތަކެތީ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement