މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ މީހަކު ގައްދޫން ހައްޔަރުކޮށްފި
ހައްޔަރުކުރި އަލީ ނާސިރު

މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ މީހަކު ގައްދޫން ހައްޔަރުކޮށްފި

ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު

28 days ago - 12:09
Aug 20, 2024 - 08:49
Advertisement

މަސްތުވާތަޖެތި ގެންގުޅެ ވިޔަފާރި ކުރާ މީހަކު ގދ.ގައްދޫން ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަސްތުވާތަކެތި ގެންގުޅެ, އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމަތަކާ ގުޅިގެން އާދިއްތަ ދުވަހު ހައްޔަރުކުރީ ގައްދޫ ފަހާގެ 38 އަހަރުގެ އަލީ ނާސިރު ކަމަށެވެ.

އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި ކޯޓް އަމުރެއްގެ ދަށުން ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެތަކެތީގެ ވަގުތީ ބަރުދަނުގައި 96.45 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ވަނީ އަލީ ނާސިރުގެ ފޮޓޯ ޢާއްމުކޮށްފައެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement