
18 އަހަރުން ދަށުގެ ކުއްޖަކު ކުލަ ހެދުމުގައި ހުރި ފުލުހަކަށް ހަމަލާ ދިން މައްސަލައެއް!
ފުލުސް މީހާ ކުޑަކުއްޖާއަށް އަނިޔާކުރިކަމަށްވެސް ތުހުމަތުކުރޭ
ކުޑަކުއްޖަކު ކުލަ ހެދުމުގައި ހުރި ފުލުހަކަށް ހަމަލާ ދިން މައްސަލައަކާއެކު, ފުލުސް މީހާ ކުޑަކުއްޖާއަށް އަނިޔާކުރިކަމަށް ބުނާ މައްސަލަވެސް ފުލުހުން ބަލަން ފަށައިފިއެވެ. މިކަން ހިނގާފައިވަނީ ރ.މީދޫގައެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގީ މީދޫ މަގުމަތީގައި އަޑުގަދަކޮށް, ހަޅޭލަވަމުންދިޔަ ކުދިބަޔަކަށް އެކަން އެގޮތަށް ނުކުރުމަށް ކުލަހެދުމުގައި ހުރި ފުލުހަކު ނަސޭހަތް ދިނުމުން އެކަމަށް އިންކާރުކޮށް ޖަދަލުކުރުމަށް ފަހު ކަމަށެވެ. ފުލުހުން ބުނީ ހަމަނުޖެހުން ހިންގީ ޒާތީ މައުލޫމާތު ދިނުމަށް އެދުމުން އެކަމަށް އިންކާރުކޮށް, ޕޮލިސް ސްޓޭޝަނަށް ދާން އެދުމުންއެކަމަށްވެސް ]އިންކާރު ކުރުމަށްފަހު ކަމަށެވެ. ޱ
އެމައްސަލަ ތަހުގީގު ކުރުމުގެ އިތުރުން, ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެމައްސަލަ ވެސް ފުލުހުން ބަލަމުންދާ ކަމަށް ބުންޏެވެ. އޭގެއިތުރުން އެހާދިސާގައި ފުލުސް އޮފިސަރަށް ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމަށް އޮފިސަރު އަމަލުކުރި ގޮތުގެ ރިވިއުއެއްވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަރޑް ކޮމާންޑުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.
ރިއެކްޝަންސް






