ޑޮކްޓަރުންނަށްދޭ ވަގުތީ ލައިސަންސްގެ މުއްދަތު އެއްއަހަރުން ހަމަސްދުވަހަށް ކުރުކޮށްފި
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޑޮކްޓަރުކަން ކިޔަވާ ކުދިން ވަރަށް ގިނަ / ފޮޓޯ: ރާއްޖެއެމްވީ

ޑޮކްޓަރުންނަށްދޭ ވަގުތީ ލައިސަންސްގެ މުއްދަތު އެއްއަހަރުން ހަމަސްދުވަހަށް ކުރުކޮށްފި

1 year ago - 14:59
Mar 3, 2025 - 15:06
Advertisement
Advertisement

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެޑިކަލް ލައިސެންސިން އިމްތިހާނު ފުރިހަމަކުރަން ޖެހޭ ޑޮކްޓަރުންނަށް ދޭ ވަގުތީ ލައިސަންސްގެ މުއްދަތު އެއް އަހަރުން ހަ މަސް ދުވަހަށް ކުރުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހެލްތު މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ މެޑިކަލް ކައުންސިލްގެ އިމްތިހާނުގެ ކުރިން ދޫކުރާ ވަގުތީ ލައިސަންސްގެ މުއްދަތު ކުރުކުރުމަށް ނިންމާފައި ވަނީ، އެއް އަހަރުގެ މުއްދަތު ދިގުކަމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވުމުން ކަމަށެވެ.

މި ބަދަލާ އެކު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ލައިސަންސް ދޫކުރަމުން ގެންދާނީ ހަމަސް ދުވަހުގެ މުއްދަތަށް ކަމަށާއި ނަމަވެސް، މިދިޔަ ސެޕްޓެމްބަރު 1 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާއި ހަމައަށް ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

Advertisement
Advertisement

މެޑިކަލް ކައުންސިލްގެ އިމްތިހާނުން ފާސްވުމުން ފަސް އަހަރުގެ ލައިސަންސެއް ލިބޭނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement