
ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ރުހުންދީފި
ދިވެހިރާއްޖެއިން ދެ ގައުމަކަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ދެ ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެގޮތުން، ރަޝިއާއަށް ނޮން ރެޒިޑެންޓް ސަފީރުގެ ގޮތުގައި އައްޔަން ކުރުމަށް ރުހުންދީފައި ވަނީ ތުރުކީވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެޓް ޖެނެރަލް ރިޓަޔަރޑް އަބްދުއްރަޙީމް އަބްދުއްލަތީފަށެވެ. މޮރޮކޯއަށް ނޮން ރެޒިޑެންޓް ސަފީރުގެ ގޮތުގައި އައްޔަން ކުރުމަށް ރުހުންދީފައި ވަނީ ސައުދިއަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރަށެވެ.
ރަޝިއަން ފެޑަރޭޝަނަށް އަބްދުއްލަތީފް އައްޔަނުކުރުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވި 65 މެންބަރުން ވެސް ވަނީ ފެންނަކަމަށް ވޯޓުދީފައެވެ. އަދި މޮރޮކޯއަށް ސަރީރު އައްޔަނުކުރުމަށް ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުން ވެސް ވަނީ ރުހުން ދޭން ފެންނަކަމަށް ވޯޓުދީފައެވެ.
މީގެ ތެރެއިން އަބްދުއްރަހީމް ސިފައިންގެ ޗީފްގެ މަގާމުން ރިޓަޔާ ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ސަރީރު ވަނީ ކުރިން ފޮރިން ސެކްރެޓަރީކަމާއި އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަން ކުރައްވާފައެވެ.
ރިއެކްޝަންސް






