އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ސަފީރުން ޢައްޔަން ކުރައްވައިފި
ސަފީރުންނާ ރައީސް ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ސަފީރުން ޢައްޔަން ކުރައްވައިފި

1 year ago - 12:15
Oct 30, 2024 - 12:15
Advertisement
Advertisement

 ދިވެހިރާއްޖެއިން އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ދެގައުމަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އަލްފާޟިލާ އާއިޝަތު ޢަޒީމާއެވެ. އޭނާ ކުރިން ވަނީ ރާއްޖެއިން ޗައިނާ އަށް ކަނޑައެޅުއްވި ސަފީރުގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ. އޭނާ ވަނީ މީގެކުރިން ބަނގްލަދޭޝް އާއި އެމެރިކާ އަށް ކަނޑައެޅުއްވި ސަފީރުގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement