ދޮންފަނު ބަނދަރުގެ މައްސަލަ ހައްލުކޮށް, ގޮނޑުދޮށް ހިމާޔަތް ކުރާނެ- މިނިސްޓަރ
ދޮންފަނު ބިންހިއްކުމާއި ބަނދަރު މައްސަލަ ހައްލުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރަނީ

ދޮންފަނު ބަނދަރުގެ މައްސަލަ ހައްލުކޮށް, ގޮނޑުދޮށް ހިމާޔަތް ކުރާނެ- މިނިސްޓަރ

7 hours ago - 12:49
Sep 9, 2025 - 12:49
Advertisement
Advertisement

ބ.ދޮންފަނު ބަނދަރުގެ މައްސަލަ ހައްލުކޮށް, ގޮނޑުދޮށް ހިމާޔަތް ކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ އެ ދެމަޝްރޫއާއެކު ހަވާލުކުރި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުންނެވެ.

ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދެވިކަން އިއުލާނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓް ރީޕޯސްޓްކުރައްވާ ވަޒީރު މުއްޠަލިބު ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ދެން އޮތް ދެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެއެވެ." ވަޒީރު ވިދާޅުވިއެވެ.

ދޮންފަނު ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމެވީ އެރަށު ރައްޔިތުން އެގޮތަށް އެދިގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިން ބިންހިއްކަން ނިންމަވާ އެއްބަސްވުމުގައި ސޮއިކުރެއްވީވެސް ރައްޔިތުން އެދިގެންކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށާއި, މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ, ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢު ހިމެނޭ ގޮތަށް, ބަނދަރު ހެދުމާއި, ގޮނޑުދޮށް ހިމާޔަތްކުރުން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެމަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ދޮންފަނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެކަމަކު އެއެއްބަސްވުމުގައި ސޮއިކުރި ހިސާބުން ދޮންފަނު ބިންހިއްކުން ކުރިއަށް ނުގެންދަން ގޮވާލާ ތިމާވެށީގެ ޖަމްއިއްޔާތަކުން ޕެޓިޝަނެއްގައި ސޮއިކުރަން ފެށިއެވެ. ސިޔާސީ ބައެއް ލީޑަރުންވެސް ހިމެނޭ ގޮތަށް އެކަން ނުކުރަން ގޮވާލިއެވެ. އެއީ ދޮންފަނު ކައިރީގައި އޮންނަ ހަނިފަރު ބޭއަށް ގެއްލުން ވެދާނެތީއެވެ. އެއީ ހިމާޔަތްކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ, ޚާއްޞަކޮށް ބ.އަތޮޅުގެ ފަތުރުވެރިކަމުގެ ވަރަށް މުހިއްމު ސަރަހައްދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement