ބިންހިއްކުމުގެ މަސައްކަތް އަވަސްކޮށްދޭން ދޮންފަނު ކައުންސިލުން ގޮވާލައިފި
ދޮންފަނު ކައުންސިލުން ރައީސްއާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ބިންހިއްކުމުގެ މަސައްކަތް އަވަސްކޮށްދޭން ދޮންފަނު ކައުންސިލުން ގޮވާލައިފި

ދޮންފަނު ބިންހިއްކުން ކުރިއަށް ނުގެންދަން ރައީސް ވަނީ ނިންމަވާފަ

6 hours ago - 14:37
Sep 9, 2025 - 14:37
Advertisement
Advertisement

ބިންހިއްކުމުގެ މަސައްކަތް އަވަސްކޮށްދޭން ބ.ދޮންފަނު ކައުންސިލުން ގޮވާލައިފިއެވެ. އެކައުންސިލުން މިކަމަށް ގޮވާލާ ބަޔާނެއް ނެރުނީ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދަން އެރަށުގެ ރައްޔިތުން އެދޭތީ އެމަޝްރޫއު ކުރިއަށް ނުގެންދަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއައު އިއުލާނުކުރެއްވުމާ ގުޅިގެންނެވެ.

ދޮންފަނު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ ނިންމެވުމެއް ނިންމަވާފައިވަނީ ކައުންސިލާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ. ކައުންސިލުން ގޮވާލެއްވީ ރައީސްގެ ނިންމެވުން އަނބުރާ ގެންދެވުމަށެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ.

ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރައްވާ އެއްބަސްވުމުގައި ސޮއިކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. ދޮންފަނުގައި އޮތް އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތެވެ. ރައީސް މިއަދު ވިދާޅުވީ ބިންހިއްކަން ނިންމެވީވެސް ރައްޔިތުން އެދިގެން ކަމަށެވެ. އަދި އެނިންމުން އަނބުރާ ގެންދެވީވެސް ރައްޔިތުން އެދިގެން ކަމަށެވެ.

ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި, ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބު މިއަދު ވިދާޅުވިއެވެ.

Advertisement
Advertisement

ދޮންފަނު ބިންހިއްކުމުގެ މަޝަރޫއު ކުރިއަށް ނުގެންދަން ތިމާވެށި ޖަމްއިއްޔާތަކުންނާއި, ބައެއް ސިޔާސީ ލީޑަރުންނާއި ޢާއްމު ރައްޔިތުންވެސް ގެންދަނީ ގޮވާލަމުންނެވެ. އެކަމަށް ގޮވާލާ ޕެޓިޝަނެއްގައިވެސް ދަނީ ސޮއިކުރަމުންނެވެ. އެއީ އެސަރަހައްދުގައި ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭ އޮތުމުންނެވެ. އެއީ ފަތުރުވެރިކަމުގައި ބ.އަތޮޅުގެ އެންމެ މުހިއްމު ސަރަހައްދެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement