ބިދޭސީ މަސައްކަތްތެރީންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށަނީ
ބިދޭސީންގެ ޑާޓާ އެއްކުރުމުގެ ތެރެއިން

ބިދޭސީ މަސައްކަތްތެރީންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށަނީ

އަންނަ ހޯމަ ދުވަހު ފިޔަވަޅު އަޅަން ފަށާނެ

3 hours ago - 10:19
Sep 10, 2025 - 10:21
Advertisement
Advertisement

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނެ ކަމުގެ އިންޒާރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ދީފިއެވެ.

އެވުޒާރާއިން މިއަދު ވިދާޅުވީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފަށައިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.  

މިނިސްޓްރީން ވިދާޅުވީ ފިޔަވަޅުތައް އަޅާނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ކަމަށެވެ. އެޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް -/50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެހެން ބައެއް ހާލަތްތަކުގައިވެސް /100،000 ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެކަން ޤާނޫނާ ހަވާލާދެއްވާ މިނިސްޓްރީން ހަނދާންކޮށްދެއްވިއެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ޤާނޫނުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޛު ކުރަމުންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދޭނެކަމަށްވެސް ވިދާޅުވިއެވެ.

Advertisement
Advertisement

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement