ހައިވޭގައި ހިނގި 3 ސައިކަލާއި ބަހެއް ހިމެނޭ އެކްސިޑެންޓެއްގެ މައްސަލަ ބަލަނީ
އެކްސިޑެންޓްގައި ސައިކަލް ބަހުގެ ދަށުވެފައި

ހައިވޭގައި ހިނގި 3 ސައިކަލާއި ބަހެއް ހިމެނޭ އެކްސިޑެންޓެއްގެ މައްސަލަ ބަލަނީ

އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ

2 months ago - 08:07
Sep 10, 2025 - 08:08
Advertisement
Advertisement

ހައިވޭގައި 3 ސައިކަލާއި ބަހެއް ހިމެނޭ އެކްސިޑެންޓެއްގެ މައްސަލަ ބަލާ ފުލުހުން ފިޔަވަޅު އަޅަން ފަށައިފިއެވެ. މިއެކްސިޑެންޓް ހިނގީ ރޭ 9:30 ހާއިރު ސިނަމާލެ ބްރިޖްގައެވެ.

އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލަކީ ފުލުހުންގެ ސައިކަލެކެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފަދިޔަ ސައިކަލެއް އެމްޓީސީސީ ބަހަކާއި ސައިކަލެއްގެ މެދުން ކުރިއަރާ ދާން އުޅުމުގެ ތެރޭގައި ސައިކަލްގައި ޖެހިގެން ކަމަށެވެ. ދެ ސައިކަލް ޖެހި, އެއް ސައިކަލް ބަހުގެ މެދަކާ ހިސާބުން ބަހުގެ ދަށުވީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބާރު ސްޕީޑްގައި ކުރިއަރާދާން އުޅުނު ސައިކަލް ޖެހުނީ މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ބްރިޖް ޕެޓްރޯލް ބީޓެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓާ ގުޅިގެން ބާރަށް ދުއްވި ސައިކަލާއި, އެސައިކަލުން ޖެހުނު ސައިކަލް ދުއްވީ މީހުންނަށް އަނިޔާވިއެވެ. އަދި އެތަނުން އެއް ސައިކަލްގެ ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށްވެސް އަނިޔާވިއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Advertisement

ފުލުހުން ވިދާޅުވީ ބާރު ސްޕީޑްގައި ކުރިއަރާދާން މަސައްކަތްކުރި ސައިކަލް ޓޯކޮށް, މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement