ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ނުކޮށް ޓެކްސީ ކުރުމުގެ ހުއްދައެއް ނުލިބޭނެ- ޓްރާންސްޕޯރޓް
ޓެކްސީ ގަވާއިދަާް ވަނީ އިސްލާހު ގެނެސްފަ

ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ނުކޮށް ޓެކްސީ ކުރުމުގެ ހުއްދައެއް ނުލިބޭނެ- ޓްރާންސްޕޯރޓް

3 hours ago - 11:03
Advertisement

ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ނުކޮށް ޓެކްސީ ކުރުމުގެ ހުއްދަ ނުލިބޭ ގޮތަށް ޓްރާންސްޕޯރޓް މިނިސްޓްރީން ޤަވާއިދު އިސްލާހުކޮށްފިއެވެ.

ކުރިން އެޤަވާއިދު އޮތްގޮތަށް އަލުން އިސްލާހުކޮށް ޓްރާންސް ޕޯރޓް މިނިސްޓްރީން ގެޒެޓްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ގެޒެޓް ކުރި ތާރީޚުން ފެށިގެން އެގޮތަށް އަމަލުކުރާނެ ކަމަށް ބުނެފައި ވެއެވެ.

 ޓެކްސީ ގަވާއިދަށް ޓްރާންސްޕޯރޓް މިނިސްޓްރީން ގެނައި ތިންވަނަ އިސްލާހުގައި ވަނީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓްކޮށްފައިވާ އުޅަނދެއް ކަމުގައި ވާންވާނެ ކަމަށެވެ. ޓެކްސީ ކުރުމުގެ ހުއްދައަށް އެދޭއިރު ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

މިގަވާއިދު އިސްލާހު ކުރުމާ ހަމައަށް ޕްރައިވެޓް ހަޔަރގެ ގޮތުގައި ސެންޓަރެއްގައި ރަޖިސްޓްރީ ނުކޮށްވެސް, ޓެކްސީ ކުރުމުގެ ހުއްދަ އައީ ދެމުންނެވެ. ރަޖިސްޓްރީ ނުކޮށް ޕްރައިވެޓް ކާރުތަކުން ޓެކްސީ ކުރުން އޮތީ ވަރަށް ބޮޑަށް ޢާއްމު ވެފައެވެ.

Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement