ރައީސުލްޖުމްހޫރިއްޔާގެ ނައިބު މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ނިވާ ކުރުނބާ މޯލްޑިވްސްގައެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައި، ދެޤައުމުގެ މެދުގައި އޮތް ހަރުދަނާ އަދި އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ދެމިހުންނަވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި، ފަތުރުވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެފަރާތުން ވަނީ މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.
މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވަމުން ގެންދާ ފުރަމާނަ ދަތުރުފުޅެކެވެ.
ރިއެކްޝަންސް





