މަންމަ އަށް ވަޅިން ބިރުދައްކާ މަރުގެ އިންޒާރުދިން ދަރިފުޅުގެ ބަންދަށް ޖެހީ 10 ދުވަސް
މަންމައަށް ވަޅިން ބިރުދައްކާ އިންޒާރުދިން މީހާ

މަންމަ އަށް ވަޅިން ބިރުދައްކާ މަރުގެ އިންޒާރުދިން ދަރިފުޅުގެ ބަންދަށް ޖެހީ 10 ދުވަސް

1 year ago - 12:06
Oct 23, 2024 - 12:07
Advertisement
Advertisement

މަންމަ އަށް ވަޅިން ބިރުދައްކާ މަރުގެ އިންޒާރުދިން ދަރިފުޅުގެ ބަންދަށް ޖެހީ 10 ދުވަސް ކަމަށް ފުލުހުން ބުނެފިއެވެ.

މަންމައަށް އަނިޔާކޮށް, ވަޅިން ބިރުދައްކާ މަރުގެ އިންޒާރު ދިނުމަށްފަހު ފޯނުވެސް ފޭރިގަން މައްސަލައިގައި ހައްޔަރުކުރީ ހ.އެހަޑަ މުޙައްމަދު އިސްމާއީލް އެވެ. 28 އަހަރުގެ ޒުވާނާ ފުލުހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ 10 ދުވަހަށެވެ.

މިހާދިސާ ފުލުހުންގެ ސަމާލުކަމަށް އައީ އިއްޔެ 18:17 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެއީ ހުޅުމާލެ ފޭސް ދޭއްގެ (އެޗް13) ގެ އެޕާރޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގޮސް ބެލިބެލުމުން ކަމަށް ފުލުހުން ބުންޏެވެ.

ދަރިފުޅު އަނިޔާކުރުމުގެ ސަބަބުން މަންމައަށް ހޮސްޕިޓަލުން ފަރުވާދޭންވެސް ޖެހުނެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement