އއ.މާޅޮހުގައި ނިދާފައި އޮތް ދުވަސްވީ މީހަކަށް ބޮޑަތި ޒަޚަމްތަކެއްދީ މަރާލައިފި
މަރާލީ މާޅޮހު މީހެއް

އއ.މާޅޮހުގައި ނިދާފައި އޮތް ދުވަސްވީ މީހަކަށް ބޮޑަތި ޒަޚަމްތަކެއްދީ މަރާލައިފި

9 months ago - 08:43
Jul 13, 2025 - 08:44
Advertisement
Advertisement

އއ.މާޅޮހުގައި ނިދާފައި އޮތް ދުވަސްވީ މީހަކަށް ބޮޑަތި ޒަޚަމްތަކެއްދީ މަރާލައިފި އެވެ. މިކަން ހިނގީ ރޭ ދަންވަރުއެވެ.

ބޮޑަތި ޒަޚަމްތަކެއްދީ މަރާލާފައިވަނީ މާޅޮސް އޯކިޑްމާގެ 65 އަހަރުގެ އަބްދުއްރަހުމާނު އާދަމް އެވެ.

ފުލުހުން ވިދާޅުވީ ނިދާފައި އޮތް މީހަކަށް ބޮޑަތި ޒަޚަމްތަކެއް ދިނުމުން މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:50 ހާއިރު ކަމަށެވެ. އެމީހާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ފަތިހު ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ. އަދި ތަހުގީގަށް މާލެއިންވެސް ޓީމެއް އެރަށަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement