"މުޝްރިފް އިން ރިއަލް ލައިފް": އައްޑޫގެ ޖެން ޒީ ޒުވާނުންނާ ގާތުން ބައްދަލުކޮށް، ހިތަދޫގެ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވައިފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް، މުޝްރިފް އަލީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން "މުޝްރިފް އިން ރިއަލް ލައިފް" ގެ ނަމުގައި ބޭއްވި ޚާއްސަ ބައްދަލުވުން، މިރޭ ސުއަދީވް ކެފޭގައި ކުރިއަށް ގެންގޮސްފިއެވެ.
މި ބައްދަލުވުމަކީ އައްޑޫ ސިޓީގެ ޖެން ޒީ ޒުވާނުންނާ ވަރަށް ގާތުން ބައްދަލުކޮށް، އެ ކުދިންގެ އަޑުތައް އަހައި، ޚިޔާލާއި މަޝްވަރާ ހޯދުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ބައްދަލުވުމުގައި ވަނީ ޒުވާނުންނަށް އޯޕަން ޑިސްކަޝަނެއްގެ ތެރެއިން ސުވާލު ކުރުމާއި ޖަވާބު ހޯދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ޒުވާނުން ވަނީ އައްޑޫ ސިޓީ ހިތަދޫގައި މިހާރު ހުރި ދަތިތަކާއި ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ހިއްސާކޮށްފައެވެ. މިކަމާ ގުޅިގެން މުޝްރިފް ވިދާޅުވީ، އޭނާގެ މޭޔަރުކަމުގައި ޒުވާނުން ފާހަގަކުރި ކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.
މި ބައްދަލުވުން ނިންމާލުމަށްފަހު ބައިވެރިވި ޒުވާނުން ވިދާޅުވެފައިވަނީ، މި ބައްދަލުވުމަށްފަހު ޒުވާނުންގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް އެންޑޯޒްކުރާ ކެންޑިޑޭޓަކީ މުޝްރިފް އަލީ ކަމުގައެވެ. މި ބައްދަލުވުމަށް ޒުވާނުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔައިރު، ބައްދަލުވުން ނިންމާލިއިރު ޒުވާން ކުދިންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމާއި ހިނިތުންވުމެވެ.
ރިއެކްޝަންސް









