ލަންދުއަށް މަސްތުވާތަކެތި އެތެރެކުރި އެހެން ދެ ރަށެއްގެ ތިން މީހަކު ހައްޔަރުކޮށްފި
ލަންދޫން ހައްޔަރުކުރި ތިން މީހުން: ފޮޓޯ-ފުލުހުން

ލަންދުއަށް މަސްތުވާތަކެތި އެތެރެކުރި އެހެން ދެ ރަށެއްގެ ތިން މީހަކު ހައްޔަރުކޮށްފި

4 hours ago - 11:07
Sep 10, 2025 - 11:07
Advertisement
Advertisement

ލަންދުއަށް މަސްތުވާތަކެތި އެތެރެކުރި އެހެން ދެ ރަށެއްގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ. ތިން މީހުން ހައްޔަރުކުރީ ދެ އޮޕަރޭޝަނެއްގައެވެ.

މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ލަންދޫން ހައްޔަރުކުރީ ޖެހިގެން އޮތް މާޅެންދޫ ދެ ޒުވާނުންނެވެ. ހައްޔަރުކުރީ ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ / މޫންލައިޓް، އިމްރާން ޢަލީ (30އ) އެވެ. އެދެމީހުން ހައްޔަރުކުރީ ލަންދޫ ގެއެއް ބަލައިފާސްކުރިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

އެދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އަދި އެ ތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ލަންދޫގައި ހިންގި ދެވަނަ އޮޕަރޭޝަނަކީ މިދިޔަ ހޮނިހިރު ދުވަހު މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން ލަންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ހިތަދޫ / ގާފިލާ، އަޙުމަދު އަބާން ޢަލީ (20އ) އެވެ.

Advertisement
Advertisement

އޭނާ ހައްޔަރުކުރީ ލަންދޫ ބަނދަރުމަތިން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަޙުމަދު އަބާން ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ފަސްދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި ދެމައްސަލަ ވެސް ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement