އަލީބާބާއާ ގުޅިގެން އޮންލައިން ވޯރކްޝޮޕެއް ބާއްވަނީ
އަލިބަބާއިން ރާއްޖެއަށް ފުރުޞަތު ވަހިވާނެ ކަމުގެ އިޝާރާތެއް މިނިސްޓަރ ސައީދު ދެއްވި

އަލީބާބާއާ ގުޅިގެން އޮންލައިން ވޯރކްޝޮޕެއް ބާއްވަނީ

އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި މުދާ ވިއްކޭނެ ސެލާރ އެކައުންޓް ހުޅުވުމުގެ ފުރުޞަތު ލިބޭނެ

4 hours ago - 13:20
Sep 10, 2025 - 13:20
Advertisement
Advertisement

އަލީބާބާއާ ގުޅިގެން އެއް ދުވަހުގެ އޮންލައިން އޮންލައިން ވޯރކްޝޮޕެއް ބާއްވަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު މިއަދު ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ވާއްވާ ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ މަޝްހޫރު އީކޮމާރސް ޕްލެޓްފޯމް އަލީބާބާ.ކމްގެ ތަޖުރިބާކާރުން ކަމަށެވެ. މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ދުނިޔޭގެ ނަންމަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ އޮންލައިން ވޯކްޝޮޕެއް ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިވޯކްޝޮޕް އަމާޒުކޮށްފައިވަނީ ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

އަލީބާބާ.ކޮމް އާއެކު ކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

Advertisement
Advertisement

ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، އެ ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement