ލާމަރުކަޒީ ގާނޫނަށް ގެންނަންއުޅޭ އިސްލާހާމެދު އައްޑޫ މޭޔަރުގެ ކަންބޮޑުވުން
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާމެދު އައްޑޫ ސިޓީ މޭޔަރ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދަޅުވީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް ހުށައެޅޭ އިސްލާހާއި އެކު ކައުންސިލްތަކަށް ރަށްރަށުގެ ބިން ޕްލޭންކުރުމާއި ބޭނުންކުރުމުގެ އިހްތިޔާރު އެއްކޮށް ކަޑާލެވި މިނިސްޓްރީ ތަކުގެ ބާރުގެ ދަށަށް ގެނެވިގެން ދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ އައްޑޫ މޭޔަރ ވިދާޅުވީ ރައްޔިތުން އުއްމީދު ކުރީ ތަހްޒީބު ޒަމާނީ ޑިމޮކުރެޓިކް ބަދަލުތަކަށް ކަމަށާއި ގަދީމީ ޖާހިލު ބަދަލުތަކަކަށް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ކެމްޕެއިންގައި ދެއްކެވި ވާހަކައާއި ވިދާޅުވި ޅެމާއި ލަވައިގެ ރާގުތަށް ބަދަލުވެފައިވާ ކަމަށާއި އަތޮޅުތައް ހިންގަން ރައްޔިތުންނަށް ފުރުސަތު ލިބުތާ ތިން އަހަރު ނުވަނީސް އެރައްޔިތުންގެ އުއްމީދުގައި ކޮޅުފައިން ޖަހައިގެން ވާނެ މޮޅެއް ނޮއޮންނާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ފަހުވަގުތު ސަރުކާރު ފެއިލް ވާނެ ކަމަށާއި އެމަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށާއި ބިނާވެށި ޕްލޭން ކުރުމާގުޅޭ ގާނޫނުތަކަށް ސަރުކާރު އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން ވިދާޅުވާ ގޮތުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް އިތުރަށް ބާރުވެރިކުވައި ހަރުދަނާ ކުރުމުގެ މަގުސަދުގައެވެ.
ސަރުކާރުން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އެނިޒާމު ޗެމްޕިއަން ކުރައްވާނީ މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
ރިއެކްޝަންސް