ޖަރުމަނުގެ ލެޖެންޑު މެނުއެލް ނޯޔާވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
7 އަހަރު ކެޕްޓަންކަން ކުރި
ތަޖުރިބާކާރު ގޯލްކީޕަރ މެނުއެލް ނޯޔާ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފިއެވެ. ސޯޝަލް މީޑިއާގެ މަންސަ, އިންސްޓަގްރާމްގައި މިއަދު ޕޯސްޓްކުރި ވީޑިއޯއެއްގައި އުމުރުން 38 އަހަރުގެ ނޯޔާ ބުނީ މިއީ އޭނާއަށް ފަސޭހަ ނިންމުމެއްނޫން ކަމަށެވެ.
"އަހަރެން އެނގޭ އެންމެންނަށްވެސް އެނގޭނެ މިއީ އަހަންނަށް ކިހާ އުނދަގޫ ނިންމުމެއްކަން. 2026 ގައި އެމެރިކާ, ކެނަޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ކުޅުމަކީ އަހަރެން ވަރަށްބޭނުންވާ ކަމެއް. ނަމަވެސް އަހަރެން އަމިއްލަ ނަފުސަށް ވިސްނައިދީފިން މިއީ މި ނިންމުން ނިންމަށް އެންމެ ރަނގަޅު ވަގުތުކަމަށް. އަހަރެން މިހާރު ބޭނުންވަނީ ހުރިހާ ވަގުތެއް އަހަރެންގެ ކްލަބް ބަޔާން މިއުނިކަށް ދޭން" ނޯޔާގެ ވީޑިއޯ މެސެޖްގައި ބުނެފައިވެއެވެ.
ޖަރުމަނުގެ ގައުމީ ޓީމުގައި ހޭދަކުރި މުއްދަތަކީ ކުޅުންތެރިއްގެ ގޮތުގައި އޭނާ މީހަކަށް ހަދައިދިން ދަތުރެއް ކަމަށާއި, 2014 ގެ ވޯލްޑްކަޕް ޖަރުމަނަށް ހޯދައިނުމާއި 2024 ގެ ޔޫރޯ, އަމިއްލަ ގައުމު ޖަރުމަނުގައި ބޭއްވުމަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގެ އެންމެ މުޙިއްމު އުސްއަލިތައް ކަމަށް އެނާ ބުންޏެވެ. ޔޫރޯ ކުއާޓާ ފައިނަލްގައި ޖަރުމަނު ކެޓީ ސްޕެއިން އަތުންނެވެ.
"އަހަރެން ވަރަށް ޝުކުރުވެރިވަން. 2023 އާ ހަމައަށް ޖަރުމަނުގެ ޤައުމީ ޓީމްގެ ކެޕްޓަންކަން ކުރަން ލިބުމަކީ ވަރަށް ބޮޑު ފަޚުރެއް. ޖަރުމަނުގެ ގައުމީ ޓީމްގެ ޖަރޒީ ލުމަކީ އަހަރެން އަބަދުވެސް ލޯބިކުރާކަމެއް" މީގެ 15 އަހަރުކުރިން ގައުމީ ޓީމަށް ކުޅެންފެށި ނޯޔާ ބުންޏެވެ. ނޯޔާ ވަނީ 7 އަހަރު ވަންދެން ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ.
ގައުމީ ޓީމުގެ ޖަރޒީގައި 124 މެޗް ކުޅެދީފައިވާ ނޯޔާ އަކީ ފާއިތުވެ ދިޔަ ދިހަ އަހަރު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރެވެ. ނޯޔާއަކީ ޖަރުމަނުގެ ގައުމީ ޓީމަށް ފަސްވަނައަށް އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިޔާއެވެ.
ނޯޔާ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުންހުއްޓާލިކަން އިޢުލާން ކުރުމާއިއެކު މިއީ ޔޫރޯ-2024 ގެ ފަހުން ޖަރުމަނުގެ ގައުމީ ޓީމާ އަލްވަދާއު ކީ ހަތަރު ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޓޯނީ ކްރޫސް, ތޯމަސް މުލާ އަދި އިކާ ގުންޑޮގަން ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާންކޮށްފައެވެ.
ބަޔާންއާ އެކު މިދިޔަ އަހަރު އެއްބަސްވުން އާކޮށްފައިވާ ނޯޔާ 2025 އާ ހަމައަށް އެކްލަބަށް ކުޅޭނެއެވެ.
ރިއެކްޝަންސް