ރޮނާލްޑޯ ޖޫނިއަރ ފުރަތަމަ ފަހަރަށް ޕޯޗްގަލްގެ 15 އަހަރުންދަށުގެ ސްކޮޑަށް
ރޮނާލްޑޯ ޖޭއާރު

ރޮނާލްޑޯ ޖޫނިއަރ ފުރަތަމަ ފަހަރަށް ޕޯޗްގަލްގެ 15 އަހަރުންދަށުގެ ސްކޮޑަށް

2 months ago - 12:48
May 7, 2025 - 12:49

ކްރިސްޓިއާނޯ ޖޫނިއަރ އަށް ޕޯޗްގަލްގެ 15 އަހަރުން ދަށުގެ ގައުމީ ސްކޮޑުން ފުރަތަމަ ފަހަރަށް ޖާގަލިބިއްޖެއެވެ. މިއާއެކު ޕޯޗްގަްލްގެ ފުޓްބޯޅައިގެ ތާރިޚްގައި ރޮނާލްޑޯގެ ލެގަސީ ދަމަހައްޓާނެ އާ ބާބެއް ފެށުނީކަމުގައި ފުޓްބޯޅަ ކޮމަންޓޭޓަރުން ލަފާކުރެއެވެ. އަދި މިއީ ބައްޕަގެ ކާމިޔާބީ ދަމަހައްޓާނެ ފުޓްބޯޅައިގައި ބައްޕައަކާ ދަރިފުޅުގެ އެންމެ ރީތި ވާހަކައަށް ވެދާނެ ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

14 އަހަރުގެ ކްރިސްޓިއާނޯ ޖޫނިއަރ މިހާރު އަންނަނީ ސައުދި އެރޭބިއާގެ އަލް-ނަޞްރުގެ ޔޫތް އެކަޑެމީގައި އޭނާގެ ހުނަރު ފައްކާކުރަމުންނެވެ.

ޤައުމީޓީމުން ޖާގަ ލިބުމާއި އެކު މި ހިނގާ މަހު ޓީމާ ގުޅި ކްރޮއޭޝިއާގައި އޮންނަ މުބާރާތެއްގައި އޭނާ ޕޯޗްގަލް ތަމްސީލް ކުރާނެއެވެ. ޖޫނިއަރގެ ފުރަތަމަ ބައިނަލްއަޤުވާމީ މުބަރާތުގައި ޕޯޗްގަލް ޓީމާއެކު އޭނާ ވާދަކުރަންޖެހޭނީ ޖަޕާން، ގްރީސް އަދި އިނގިރޭސިވިލާތާ ދެކޮޅަށެވެ.

"ދަރިފުޅާ މެދު ފަހުރުވެރިވޭ" ސްކޮޑް އިއުލާން ކުރުން އެނާގެ އަމިއްލަ މީސްމީޑިއާގައި ހިއްސާކުރަމުން 40 އަހަރުގެ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައި ވެއެވެ.

Advertisement
Advertisement

ޖޫނިއަރ މިހާރުވެސް އަންނަނީ ކްލަބް ލެވެލްގައި އޭނާގެ ބައްޕަގެ ފިޔަވަޅުމަތީގައި ފައިތިލަ ސާބިތުކުރަމުންނެވެ. ޕޯޗުގަލް، ރެއާލް މެޑްރިޑް ، ޔުވެންޓަސް އަދި މެންޗެސްޓަރ ޔުނައިޓަޑްގެ ޔޫތު ޓީމުތަކުގައިވެސް ސައުދީއަށް ބަދަލުވުމުގެ ކުރިން އޭނަ ކުޅުނެވެ. މިހާރު އަލް-ނަޞްރުގެ ޔޫތު ޓީމުގައިވެސް އޭނާ އަންނަނީ ތަފާތު ދައްކަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow