ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއްވެ މާލެ ގެނެސް ފަރުވާދެނީ
ގދ. ތިނަދޫ

ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއްވެ މާލެ ގެނެސް ފަރުވާދެނީ

23 hours ago - 14:54
May 7, 2025 - 15:25
Advertisement
Advertisement

ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ބޮޑަތި އަނިޔާތަކެއްވި އަންހެނަކަށް މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

މާލެ ގެނެސް ފަރުވާދެނީ ގދ. ތިނަދޫ ސިޓީގެ ކުރީގެ ހުކުރު މިސްކިތް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި 31 އަހަރުގެ އަންހެނަކަށެވެ. ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަކަށް ފުރަތަމަ ފަރުވާދިނީ ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ބާއްވައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ހާލު އިތުރަށް ގޯސްވާތީ އިމަޖެންސީގައި މާލެ ގެނެސް މިހާރު ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައެވެ.

އެހެންނަމަވެސް އަނިޔާ ލިބުނު އަންހެން މީހާގެ  އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވީ މިހާރު އެ އަންހެންމީހާގެ  ޙާލަތު ރަނގަޅު ވަމުން އަންނަކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ މި އެކްސިޑެންޓުގެ ތަހުގީގު މިހާރު ކުރިއަށް ދާއިރު، މި ހާދިސާގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް ތަޙުޤީޤުގައި ސުވާލުކޮށްފައިވާ ކަމަށެވެ.

މިއީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ހިނގި އެކްސިޑެންޓެކެވެ. ފުލުހުންނަށް އެކްސިޑެންޓް ރިޕޯރޓް ކުރީ އެދުވަހުގެ 15:47 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement