ޖަޕާނުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަނީ
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: ފޮރިންގ މިނިސްޓްރީ

ޖަޕާނުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަނީ

11 months ago - 16:29
May 7, 2025 - 16:34
Advertisement
Advertisement

ޖަޕާނު ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ހަދިޔާއަކީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން ދޭ އެހީއެއް ކަމަށާއި،  މި ޕްރޮގްރާމްގެ ދަށުން 400 މިލިއަން ޖަޕާނީސް ޔެން (2.8 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

ތުރުކީވިލާތުން ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކޮށްފައިވާކަންވެސް ދާދިފަހުން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.  ދާދިފަހުން ބޭއްވި ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ ޚިދުމަތް ދެގުނަ ކުރެއްވުމުގެ މަސައްކަތުގެ ދަށުން ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިއަށްދާކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement