ތަސައްވުރަކީ، ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުން: ރައީސުލްޖުމްހޫރިއްޔާ
މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ އިފްތިތާހީ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ތަސައްވުރަކީ، ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުން: ރައީސުލްޖުމްހޫރިއްޔާ

1 day ago - 12:34
May 7, 2025 - 12:34
Advertisement
Advertisement

މި ސަރުކާރުގެ ތަސައްވުރަކީ ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުން ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ގެ މި ތަސައްވުރު ހިއްސާކުރެއްވީ މިއަދު ބޭއްވި، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ ޚިޔާލު އުފަންވެފައިވަނީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީއިން ކަމަށެވެ. މިއަދު އިފްތިތާޙުކުރި އިނީޝިއެޓިވްއަކީ، ޤައުމީ ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިންގެ ޝަޚްޞު ބިނާވެފައިވަނީ އޯގާތެރިކަމާއި، ޢަދުލުވެރިކަމާއި، އިޖުތިމާޢީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވިދާޅުވީ މި އިނީޝިއެޓިވުން ނަގަހައްޓަން އުންމީދުކުރައްވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީވެސް އެއީ ކަމަށެވެ.

މުޖުމަތަޢަށް ބޭނުންވާ ތަފާތު ކަންކަން ފުއްދައިދިނުމަށް ކުރައްވާ މަސައްކަތުގައި މަދަނީ ޖަމާޢަތްތަކާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުންތަކަށް މަގުފަހިކޮށްދިނުމުގައި މި އިނީޝިއެޓިވުން މުހިންމު ދައުރެއް އަދާކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނޭޝަނަލް މާސްޓަރ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއެކު ކުރިއަށްދާކަމަށެވެ. ދިވެހިރާއްޖޭގައި ޤާއިމުކުރާ، އިސްލާމިކް ފައިނޭންސް އާއި ޑިޖިޓަލް އިނޮވޭޝަންގެ ޝާމިލު ވެށި، މާސްޓަރ ޕްލޭނުން އަންގައިދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ ޤާނޫނީ އެއްބާރުލުންދިނުމުގެ ގޮތުން ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން އެމަނިކުފާނަށް ވަނީ "ކޮމިޓްމަންޓް ލެޓަރ" އަރުވާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement