ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވެ ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
ބޮޑުވަޒިރު އޮލީ އަދި ނޭޕާލްގައި ކުރިއަށްދާ މުޒާހަރާތައް. ފޮޓޯ: ހިންދުސްތާން ޓައިމްސް

ސަރުކާރާ ދެކޮޅު މުޒާހަރާތައް ހޫނުވެ ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

7 hours ago - 15:45
Sep 9, 2025 - 16:13

ސަރުކާރުގެ ކޮރަޕްޝަން އާ ދެކޮޅަށް އަދި މީސްމީޑިއާ ބަންދުފިލުވުމަށް ނޭޕާލްގައި ކުރިއަށްގެންދާ މުޒާހަރާތައް ހޫނުވެ ބޮޑުވަޒީރު ކޭ.ޕީ ޝަރްމާ އޮލީ މިއަދު އިސްތިއުފާ ދެއްވައިފިއެވެެ. ނަމަވެސް އިސްއިތުފާ ދެއްވުމުގެ ކުރިން އޮލީ ވަނީ އިސްތިއުފާ ދެއްވަންޖެހޭ ހާލަތެއް ނެތްކަަމަށް ވިދާޅުވެ ސަރުކާރު ދިފާއުކޮށް ވާހަކަދައްކަވާފައެވެ.

"ޤައުމުގެ ހާލަތު އިންތިހާއަށް ގޯސްވެެފައި އޮތް މި ދަނޑިވަޅުގައި އެކަންކަމަށް ޤާނޫނު އަސާސީގެ ތެރެއިން ސިޔާސީ ހައްލު ހޯދުމަށް ޖާގަދިނުމުގެ ގޮތުން މިވަގުތުން މިވަގުތަށް އަޅުގަނޑު އިސްތިއުފާ ދީފިން" ރައީސް ރާމްޗަންދުރާ ޕައުޑޭލްއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވެއެވެ.

މުޒާހަރާގެ ބައިވެރިންނާއި ނޭޕާލްގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 19 މީހަކު މަރުވެ އެތައްސަތޭކަ ބަޔަކު ޒަހަމްވުމަށްފަހު އެޤައުމުގައި މިހާރު އޮތީ މުއްދަތެއްނެތްގޮތަށް ކާފިއު އިއުލާންކޮށްފައެވެ. ސަލާމަތީ ބާރުތަކުންވަނީ މަޖިލިސްކުރާ ގެއަށް ވަދެގަތުމަށް މަަސައްްކަތްކުރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަގޭހާއި ރަބަރު ވަޒަންވެސް ބޭނުންކޮށްފައެވެ. 

މުޒާހަރާތައް ހޫނުވެ ސަރުކާރުން އިއްޔެ ވަނީ މީސްމީޑިއާ ބަންދުކުރަން ނިންމި ނިންމުން އަނބުރާ ގެންގޮސްފައެވެ. މިއީ ފަހުގެ ތާރީހެއްގައި އެޤައުމުގައި ހިނގި އެންމެ ބޮޑު ދާހިލީ ހަމަނުޖެހުމެވެ. 

Advertisement
Advertisement

73 އަހަރުގެ އޮލީ ބޮޑުވަޒިރުކަމުގެ ހުވާ ހަތަރުވަނަ ދައުރަކަށް ކުރެއްވީ މިދިޔަ ޖުލައި މަހުއެވެ. 2008 ން ފެށިގެން ނޭޕާލްގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވާ އޮލީއަކީ އެޤައުމުގެ 14 ވަނަ ބޮޑުވަޒީރެވެ. އޮލީ އާއެކު އިތުރު ދެ ވަޒީރަކުވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow