
ބޭސް އެތެރެކުރަން ކުންފުންޏެއް އުފައްދަވައިފި
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ކުންފުންޏެއް އުފައްދަވައިފިއެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އުފެއްދެވި ކުންފުނީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ޑޮކްޓަރީ ބޭސް އެތެރކުރުމެވެ. ރައީސް އޮފީހުން ވިދާޅުވީ މިކުންފުންޏަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އުފެއްދެވި ކުންފުންޏެއް ކަމަށެވެ.
ބޭސް އެތެރެކުރަން ކުންފުންޏެއް އުފައްދަވާފައި މިވަނީ ބޭސް ނުލިބުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ސޯޝަލް މީޑިޔާގައިވެސް ފާޅުކުރަމުން ދަނިކޮށެވެ. އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އައީ ދެއްވަމުންނެވެ. ދާދިފަހުން ސަރުކާރުން ވަނީ އިންޑިޔާއާއެކު ބޭސް އެތެރެކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.
މިއަދު އުފެއްދެވި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.
ރިއެކްޝަންސް






