އިޒްރާއިލްއިން ޤަތަރަށް ހަމަލާދީފި
ޤަތަރަށް ހަމަލާދިން ސަރަހައްދުން ދުން އަރަނީ. ފޮޓޯ:އަލްޖަޒީރާ

އިޒްރާއިލްއިން ޤަތަރަށް ހަމަލާދީފި

ޤަތަރަކީ އިޒްރާއިލްއާއި ހަމާސްގެ ދެމެދުގައި ސުލަހައިގެ މެދުވެރިއެއްގެ ރޯލްއަދާކުރާ އިސް ފަރާތް

7 hours ago - 19:11
Sep 9, 2025 - 19:13

އިޒްރާއިލްއިން ޤަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފިއެވެ. އިޒްރާއިލްއިންވެސް ވަނީ ހަމަލާދީފައިވާކަން ކަށަވަރުކޮށްދީފައެވެެ. އިޒްރާއިލްއިން ބުނީ ދޯހާއިން ފެނުނު ގޮވުމަކީ އެތަގާތިބި ހަމާސްގެ ލީޑަރޝިޕްގެ އިސްވެރިން މަރާލުމަށް ދިން ހަމަލާއެއްކަމަށެވެ.

މިއީ އިޒްރާއިލްއިން ޤަތަރަށް ދިން މިފަދަ ފުރަތަމަ ހަމަލާއެވެ. ޤަތަރަކީ އިޒްރާއިލް އިން ޣައްޒާގައި ޤަތުލްއާންމު ހިންގަންފެށީއްސުރެ އިޒްރާއިލްއާއި ފަލަޞްޠީނުގެ މުޖާހިދުންގެ ޖަމާއަތް ހަމާސްއާ ދެމެދު ސުލްހަ ޤާއިމްކުމުގައި މެދުވެރިއެއްގެ ދައުރުއަދާކުރާ އިސްފަރާތެވެ.

ޣައްޒާ ހަނގުރާމަ ފެށިފަހުން އިޒްރާއިލްއިން އަންނަނީ އަވަށްޓެރި ލުބުނާން, ސީރިއާ އަދިޔަމަނަށްވެސް ސިލްސިލާ ހަމަލާތައް ދެމުންނެވެ. އެންމެ ފަހުން އީރާނަށް ހަމަލާދިނުމަށްފަހު ޤަތަރަކީ އިޒްރާއިލްއިން ހަމަލާދިން މެދުއިރުމަތީގެ ހަވަނަ ޤައުމެވެ. އިޒްރާއިލްއިން އަންނަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައިވެސް ބިންފޭރުމުގެ ސިލްސިލާތައް ކުރިއަށް ގެންދަމުންނެވެ.

"އިޒްރާއިލް ޑިފެންސް ފޯސް (އައިޑީއެފް) އާއި ޝިންބެޓް (ޖާސޫސީ އިދާރާ) އާއެކު ވައިގެ ބާރު ބޭނުންކޮށްގެން ވާނީ ހަމާސް ގެ ޓެރަރިސްޓުންނަށް ހަމަލާދީފައި" ޤަތަރަށް ދިން ހަމަލާއަށްފަހު އިޒްރާއިލްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement
Advertisement

ޤަތަރަށް ދިން ހަމަލާ އެޤައުމުގެ ހާރިޖީ ވުޒާރާއިން ވަނީ ވަގުތުން ކޮށްވެރިކޮށްފައެވެެ. ހާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ މެދުވެރިިކޮށް ނެރުނު ބަޔާނުގައި ޤަތަރުންބުނީ ޤަތަރަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި އިޒްރާއިލްގެ ހަމަލާ ދީފައިވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރުންތަކެއް ދިރިއުޅޭ އާންމު އިމާރާތްތަކަަކަށް ކަމަށްވެސް ޤަތަރުން ވަނީ ބުނެފައެވެެ.

"މި ޖިނާއީ އަމަލަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހިލާފުވެ ސަރައްހައްދުގެ ސަލާމަތާއި ސުލަހައަށް ހުރަސްއެޅުމުގެ އަދި މީގެ އިތުރުން ޤަތަރުގެ ރައްޔިތުން ނުރައްކަލަށް ވައްޓާލުމެގެ އަމަލެއް" ބަޔާނުގައި ބުނެފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow